10 ޖޫން 2021
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ ތެރޭގައި ކަންކަން ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ދިރިއުޅެން އެންމެ ކަމުދާ ސިޓީ އަކީ ނިއު ޒީލެންޑްގެ އޯކްލޭންޑް ކަމަށް މި އަހަރުގެ ގްލޯބަލް ލިވެބިލިޓީ އިންޑެކްސް އިން ދައްކައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ ތެރޭގައި ކަންކަން ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ދިރިއުޅެން އެންމެ ކަމުދާ ސިޓީ އަކީ ނިއު ޒީލެންޑްގެ އޯކްލޭންޑް ކަމަށް މި އަހަރުގެ ގްލޯބަލް ލިވެބިލިޓީ އިންޑެކްސް އިން ދައްކައިފި އެވެ.
އެކި ގައުމުތަކުގެ 140 ސިޓީއެއްގެ ހާލަތު ވަޒަންކޮށް އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓީން އެކުލަވައިލި ލިސްޓްގެ ކުރި އޯކްލޭންޑް ހޯދި އިރު ނިއު ޒީލެންޑަކީ ކޮވިޑުން އަރައިގަތުމަށް އެޅި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާ އެކު، އެންމެ އަވަހަށް ބަލި ކޮންޓްރޯލްކޮށް، ކުރީގެ ހާލަތު އިޔާދަކުރުމުގައި އެންމެ އަވަހަށް ކުރި ހޯދި ގައުމު ވެސް މެ އެވެ.
އެންމެ ކަމުދާ 10 ސިޓީގެ ލިސްޓްގެ އެއް ވަނަ އޯކްލެންޑަށް ލިބިފައި ވާއިރު ނިއު ޒީލެންޑުގެ އެހެން ސިޓީއެއް ވެސް ގަދަ 10 ގައި އެބަ އޮތެވެ. އެއީ ހަތަރު ވަނައިގައި އޮތް ވެލިންޓަން އެވެ.
ދިރިއުޅެން މިހާރު އެންމެ ކަމުދާ ސިޓީތައް ވަޒަންކުރުމުގައި މުހިއްމު އިތުރު ދާއިރާތަކަށް ވެސް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ސިއްހީ ފަރުވާ އާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާއި ވެއްޓާއި ސަގާފަތާއި އިންފްރާސްޓްރަކްޗާ އެވެ. މި ދާއިރާތަކުން ޕޮއިންޓް ދީގެން އެންމެ ކަމުދާ ސިޓީތައް ހޮވާ އިރު މިދިޔަ އަހަރަކީ ކޮވިޑާ ހެދި ލިސްޓް އެކުލަވައިނުލާ އަހަރެކެވެ.
Revealed today, The Global Liveability Index 2021 tracks how the covid-19 pandemic has affected 140 cities worldwide. Find out where your city ranks here: https://t.co/Swvt3hguki pic.twitter.com/dfIvgjA2on
— The Economist Intelligence Unit (@TheEIU) June 8, 2021
އެއާ އެކު މި އަހަރުގެ ލިސްޓާ އެކު ފެނުނު އެންމެ ބޮޑު އެއް ތަފާތަކީ 2018 އާއި 2019 ގައި ލިސްޓްގެ އެއް ވަނައިގައި އޮތް އޮސްޓްރިއާގެ ވިއެނާ އަށް މި އަހަރުގެ ލިސްޓްގެ ގަދަ 10 ގައި ވެސް ލައްވައި ނުލި ކަމެވެ. ކޮވިޑް ހާލަތުން އަރައިގަތުމަށް ހުރި ހުރަސްތަކާ އެކު އެ ގައުމު މި ފަހަރު އޮތީ ލިސްޓް އިތުރަށް ދިގު ދަންމާ ނަމަ 12 ވަނައިގަ އެވެ.
މި އަހަރުގެ ގަދަ 10 އަށް ބަލާއިރު އެއް ވަނަ އާއި ހަތަރު ވަނަ ނިއު ޒީލެންޑްގެ އޯކްލޭންޑާއި ވެލިންޓަނަށް ލިބުނު އިރު ދެވަނައިގައި އޮތީ ޖަޕާނުގެ އޮސާކާ އެވެ. ތިނެއްގައި އޮތީ އޮސްޓްރޭލިއާގެ އެޑެލައިޑެވެ.
ލިސްޓް ދެން ތަރުތީބު ވަނީ ވެލިންޓަނާ އެކު ހަތަރު ވަނަ އިން ޖާގަ ލިބުނު ޖަޕާނުގެ ޓޯކިއޯ، އޮސްޓްރޭލިއާގެ ޕާތު، ސްވިޓްޒަލެންޑްގެ ޖެނީވާ، އޮސްޓްރޭލިއާގެ މެލްބަން އަދި އެ ގައުމުގެ ބްރިޒްބޭން އެވެ.
ލިސްޓްގެ ގަދަ 10 ގެ ތެރެއިން ހަތަރު ސިޓީ އަކީ އޮސްޓްރިއާގެ ސިޓީތަކެވެ.
ދިރިއުޅެން މިހާރު އެންމެ ކަމުނުދާ 10 ސިޓީ ވެސް އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލި އެވެ. އެގޮތުން ލިސްޓް ތަރުތީބު ވަނީ މިގޮތަށެވެ؛ ސީރިއާގެ ޑެމަސްކަސް، ނައިޖީރިއާގެ ލާގޯސް، ޕަޕްއާ ނިއު ގިނީގެ ޕޯޓް މޯޒްބީ، ބަންގްލަދޭޝްގެ ޑާކާ، އަލްޖީރިއާގެ އަލްޖިއާޒް، ލީބިއާގެ ޓްރިޕޮލީ، ޕާކިސްތާންގެ ކަރާޗީ، ޒިމްބާބްވޭގެ ހަރާރޭ، ކެމެރޫންގެ ޑިއޯލާ އަދި ވެނުޒުއެލާގެ ކަރާކަސް އެވެ.
ދިރިއުޅެން އެންމެ ކަމުނުދާ ސިޓީތަކުގެ ތެރޭގައި ޕާކިސްތާންގެ ކަރާޗީ އާއި ބަންގްލަދޭޝްގެ ޑާކާ ހިމެނުނު އިރު އެ ދެ ތަނަކީ ލިސްޓްގައި ހިމެނު ދެކުނު އޭޝިއާގެ ހަމައެކަނި ދެ ސިޓީ އެވެ.
ދި އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ ފަރާތުން އުޕްސާނާ ދަތު ވިދާޅުވީ ލިސްޓް އެކުލަވާލުމުގައި މި އަހަރު އެންމެ ބޮޑު ކަމަކަށް ބެލީ ކޮވިޑްގެ ބަލިމަޑުކަމާ އެކު ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތަކާއި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ހިންދެމިލަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ކޮވިޑްގެ ވަބާ އެވެ. އަދި މިއީ ވަގުތު ދުނިޔޭގެ ހުރިހާ ގައުމެއްގެ ފޯކަސް ވެސް ހުއްޓިފައި އޮތް މައްސަލަ އެވެ.
އޮލިމްޕިކްސް އަށް ދާ ނޫސްވެރިން ޓްރެކްކުރާނެ
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް
އަންހެނުންނަށް އެންމެ ރައްކާތެރީ އޮސްޓްރޭލިއާ
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ނިކޯލް ކިޑްމަން ހޮންކޮންގުގައި ކަރަންޓީނުވާކަށް ނުޖެހުނު
ބިދޭސީންނާ އެކު ކެއިންބުއިން މަނާކުރުމުން ފާޑުކިޔުން
ޑިސްއިންފެކްޓްކުރާ ރޮބޮޓެއް އެލްޖީން ނެރެނީ
ބަސް ތަރުޖަމާކޮށްދޭ ސްމާޓް މާސްކެއް
ލަފަޔަކީ ދެ އަހަރު ނުވާ ކުދިން މާސްކް ނޭޅުވުން
އަންހެނުން ބާޒާރުކުރަން ގިނައިރުވެޔޭ ބުނުމުން ފާޑުކިޔަނީ