21 ޑިސެމްބަރ 2020
ކޮވިޑް-19އާ ދެކޮޅަށް ތަފާތު މާސްކެއް ނެރުނު ޖަޕާނުގެ އެލްޖީ ކުންފުނިން ކޮރޯނާ ވައިރަހުގެ ނުރައްކަލުން ތަންތަން ސާފުކޮށްދޭ ޑިސްއިންފެކްޓިން ރޮބޮޓެއް ނެރެން ތައްޔާރުވެއްޖެ އެވެ.
ކޮވިޑް-19އާ ދެކޮޅަށް ތަފާތު މާސްކެއް ނެރުނު ޖަޕާނުގެ އެލްޖީ ކުންފުނިން ކޮރޯނާ ވައިރަހުގެ ނުރައްކަލުން ތަންތަން ސާފުކޮށްދޭ ޑިސްއިންފެކްޓިން ރޮބޮޓެއް ނެރެން ތައްޔާރުވެއްޖެ އެވެ.
މި ޑިވައިސް ރަސްމީކޮށް ދައްކައިލަން ހަމަޖެހިފައި ވަނީ އަންނަ މަހު އެމެރިކާގެ ލަސް ވެގަސްގައި ބާއްވާ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގަ އެވެ. އެ އިވެންޓަކީ ޖެނުއަރީ 11-14 އަށް ކުރިއަށް ގެންދަން ނިންމާފައިވާ އިވެންޓެކެވެ.
އެލްޖީން ނެރޭ ޑިސްއިންފެކްޓިން ރޮބޮޓާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ މިއާ އާޓިފިޝަލް އިންޓެލިޖަންސް ހިމަނައިގެން އުފައްދާފައިވާ އެއްޗެއް ކަމަށާއި އެކި ކަހަލަ ހިދުމަތްދޭ ކާރޫބާރު ބޮޑު ތަންތަން ޑިސްއިންފެކްޓްކުރަން މިއީ ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. އެގޮތުން ޑިސްއިންފެކްޓިން ރޮބޮޓް ޑިސްއިންސްފެކްޓްކުރާނީ އަލްޓްވާ ވައިލެޓް (ޔޫވީ) ލައިޓްގެ އެހީގަ އެވެ. އެގޮތުން ބޮޑަށް ވައިރަސް ހުންނަ ތަންތަން އޭއައިގެ އެހީގައި ދެނެގަނެ ޑިސްއިންފެކްޓްކުރަން ނަގާނީ 15-30 މިނިޓާ ދެމެދުގެ ވަގުތެވެ.
މި ޑިވައިސް ކޮންޓްރޯލްކުރުމުގައި މޮބައިލް އެޕެއް ބޭނުންކުރެވޭނެ އެވެ.
އެލްޖީގެ ޑިސްއިންސްފެކްޓީން ރޮބޮޓަކީ ހޮޓާ/ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ތަންނަށް ވަރަށް ހާއްސަ އެއްޗަކަށް ވާނެ އެވެ.
ޑިވައިސް އާންމުކޮށް ވިއްކާނެ ފަށާނެ އިރަކާއި އަގު އިއުލާންކުރާނެ ކަމަށް ބެލެވެނީ ސީއީއެސްގަ އެވެ.
ދިރިއުޅެން މިހާރު އެންމެ ކަމުދާ ސިޓީ އަކީ އޯކްލޭންޑް
އޮލިމްޕިކްސް އަށް ދާ ނޫސްވެރިން ޓްރެކްކުރާނެ
ބިދޭސީންނާ އެކު ކެއިންބުއިން މަނާކުރުމުން ފާޑުކިޔުން
ބަސް ތަރުޖަމާކޮށްދޭ ސްމާޓް މާސްކެއް
ލަފަޔަކީ ދެ އަހަރު ނުވާ ކުދިން މާސްކް ނޭޅުވުން
އަންހެނުން ބާޒާރުކުރަން ގިނައިރުވެޔޭ ބުނުމުން ފާޑުކިޔަނީ
ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް
މާލޭގައި ގެތަކާ ކައިރީގައި މައުދަން ގުދަންކުރާތީ ޝަކުވާ
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ
ވެކްސިން ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަނީ