Roadha Mihaaru
ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް

ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް

24 ފެބުރުއަރީ 2020

ބަލާބެލުމަށާއި މި ފޯނުގައި ހިމެނޭ މައިގަނޑު ފީޗާތަކާ އެކު ޖަޕާނުގެ ޓޯން އީ20 އަކީ، އެންމެ މި ޒަމާނުގެ ސްމާޓްފޯނުތަކަށް ލޯބިކުރާ މީހުން އެހާ ގަޔާވާ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ބަލައިފި ނަމަ މިއީ ވަރަށް ގިނަ ބަޔަކު ރުހޭ މޮޑެލަކަށް ވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަލާބެލުމަށާއި މި ފޯނުގައި ހިމެނޭ މައިގަނޑު ފީޗާތަކާ އެކު ޖަޕާނުގެ ޓޯން އީ20 އަކީ، އެންމެ މި ޒަމާނުގެ ސްމާޓްފޯނުތަކަށް ލޯބިކުރާ މީހުން އެހާ ގަޔާވާ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ބަލައިފި ނަމަ މިއީ ވަރަށް ގިނަ ބަޔަކު ރުހޭ މޮޑެލަކަށް ވެދާނެ އެވެ.

ޓޯން އީ20 ގެ އެންމެ ހާއްސަ ކަމަކީ ބަރަހަނާ ފޮޓޯތަކުން ރައްކާތެރިކޮށް ދިނުމެވެ. އެހެންވެ ދަރިންގެ އަތަށް ފޯނު ދީގެން އުޅޭ މައިންބަފައިންނަށް މިއީ ވަރަށް ރަނގަޅު ހޮވުމަކަށް ވެދާނެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޓޯން އީ20 އިން ނަގާ ފޮޓޯތަކުގެ ތެރެއިން އެއްވެސް ފޮޓޯއަކީ ބޭއަދަބީ މަންޒަރެއް ހިމެނޭ ފޮޓޯއެއް ނަމަ، އެ ފޮޓޯއެއް ފޯނުގެ ގެލެރީގައި ރައްކައެއް ނުކުރެވޭނެ އެވެ.

އެހެންވެ މީގެ ހާއްސަ ކަމަކީ ބަރަހަނާ ފޮޓޯތަކުން ރައްކާތެރިކޮށްދީ، ބައެއްގެ ޝިކާރައަކަށްވުމުން ވެސް ސަލާމަތްކޮށް ދިނުމެވެ.

"ސްމާޓްފޯން ޕްރޮޓެކްޝަން" ގެ ނަމުގައި ހިމަނާފައިވާ ފީޗާއާ އެކު ޓޯން އީ20 އަކީ އެހެން ޑިވައިސްތަކާ ވެސް ކަނެޓްކޮށްލެވޭނެ ފޯނެކެވެ. އެކަމަކު އެހެން ޑިވައިސްއަކުން ވެސް ފޯނަށް ބަރަހަނާ މަންޒަރެއް ސިފަވާ ފޮޓޯއެއް ދައުރުވެއްޖެ ނަމަ އެކަން ނޮޓިފިކޭޝަނަކުން ވެސް އަންގައިދޭނެ އެވެ.

އަގުހެޔޮ ބަޖެޓް ފޯނެއްގެ ގޮތުގައި ނެރެފައިވާ ޓޯން އީ20 އަކީ 6.2 އިންޗީގެ އެޗްޑީ ޑިސްޕްލޭއަކާ އެކު ހަތަރު ޖީބީގެ ރޭމެއް އެކުލެވޭ ފޯނެކެވެ. އަދި 64 ޖީބީގެ ސްޓޯރޭޖާއި ތިން ސެންސަރު އެކުލެވޭ ރިއާ ކެމެރާ އާއި އަށް މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނޭނެ އެވެ.

މި ވަގުތު ހަމައެކަނި ޖަޕާނުގެ މާކެޓް ލިބެން ހުރި ފޯނުގެ އަގަކީ 180 ޑޮލަރު (2,772ރ.) އެވެ.