18 ޑިސެމްބަރ 2021
މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ބައިވެރިންތަކަކާއި އޯގަނައިޒިން ކޮމިޓީގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްގެން އެ މުބާރާތް ފަސް ކޮށްފައިވާ ކަން އިއުލާންކޮށްފި އެވެ.
މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ބައިވެރިންތަކަކާއި އޯގަނައިޒިން ކޮމިޓީގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްގެން އެ މުބާރާތް ފަސް ކޮށްފައިވާ ކަން އިއުލާންކޮށްފި އެވެ.
މުބާރާތް އިންތިޒާކުރާ މިސް ވޯލްޑް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޕޯޓަ ރިކޯގައި މުބާރާތް ބާއްވަން ތައްޔާރީތައް ވެފައި ވަނިކޮށް އެ މުބާރާތް ފަސްކުރަން ޖެހުނީ ވާދަކުރާ 23 ބައިވެރިޔަކާއި އިންތިޒާމު ކޮމިޓީގެ 15 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށެވެ.
"މުބާރާތް ފަސްކުރީ ބައިވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކަށް މަޝްވަރާ ކުރުމަށް ފަހު. އަދި މުބާރާތް ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނަން." ބަޔާނުގައި ބުންޏެވެ.
ބައިވެރިންގެ ތެރެއިން ޕޮޒިޓިވްވީ ކޮންކޮން ބައެއް ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މެލޭޝިއާ އާއި އިންޑޮނީޝިއާގެ ރީތީގެ ރާނިން ޕޮޒިޓިވްކަން އެ ގައުމުތަކުން ކަށަވަރުކޮށް ދީފައިވެ އެވެ.
PRESS STATEMENT: Miss World 2021 Postponed.
— Miss World (@MissWorldLtd) December 16, 2021
See announcement
https://t.co/J98KVc0Kpa pic.twitter.com/lHuLT6x8DV
މިސް ވޯލްޑް ލިމިޓެޑް ސީއީއޯ ޖޫލިއާ މޯލީ ވިދާޅުވީ މާ ލަސްތަކެއް ނުވެ އާ ތާރީހެއް އިއުލާންކޮށް، މުބާރާތުގެ ފައިނަލިސްޓުން ސްޓޭޖް މައްޗަށް ގެނެވޭނެ އުންމީދު ބޮޑު ކަމަށެވެ. އެކަމަކު ދެން މި އަހަރު ނިމުމުގެ ކުރިން މުބާރާތް ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ މިހާރު ނިންމާފައި އޮތީ އާ ތާރީހެއް ކުރިއަށް އޮތް 90 ދުވަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައަޅައި މުބާރާތް ބެއްވުމަށެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތަށް ކޮވިޑް ހިޔަނި މި އަހަރު މި އެޅުނީ ކޮވިޑާ ހެދި މިދިޔަ އަހަރުގެ މުބާރާތް ވެސް ކެންސަލް ކުރަން ޖެހިފައި ވަނިކޮށެވެ. އެންމެ ފަހުން 2019 ގައި ބޭއްވި މިސް ވޯލްޑް މުބާރާތުގައި ތާޖު ގެންދިޔައީ ޖެމައިކާގެ ޓޯނީ-އެން ސިންގް އެވެ.
މިސް ވޯލްޑް މުބާރާތަކީ 1951 އިން ފެށިގެން ބާއްވަމުން އަންނަ އެއްޗެކެވެ.
ދަރިއަކު ހުރީތީ މިސް ވޯލްޑުން ބޭރުކޮށްލުމުން ކޯޓަށް
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
ބޯ ކޮށާލި ގޮތުން 2.7 މިލިއަނުގެ ބަދަލުދޭން ޖެހިއްޖެ
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ
ހަމުގެ ކުލަ އަލި ނޫން މީހުންނަށް ސްކިން ކެއާ ލައިނެއް
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް
އިސްތަށިގަނޑު ތަތްވި މީހާ އެކަމުން ފެށީ ވިޔަފާރިއެއް
އެސްފިޔަ ދިގު މީހާ ރެކޯޑް އާކޮށްފި
ހަލީމާ އަލުން މޮޑެލިން އަށް