Roadha Mihaaru
މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް

މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް

12 ޖުލައި 2021

މޫނުގެ ހަންގަނޑު ރީތިކުރަން ބޭނުން ކުރެވިދާނެ ކިތަންމެ އުފެއްދުމަށް ބާޒާރު ގަންނަން ލިބޭނެ އެވެ. އެކަމަކު ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެފަދަ ގިނަ އެއްޗެހި އުފައްދާފައި ހުންނަނީ އެތައް ކެމިކަލްތަކެއް ވެސް ބޭނުންކޮށްގެންކަމެވެ. އެހެންވެ މޫނުގައި އުނގުޅާ އެއްޗެއް ހޯދާ އިރު އެ މީހެއްގެ ހަންގަނޑާ ގުޅޭ އެއްޗެއް ވެސް ހޯދުން ވަރަށް މުހިއްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫނުގެ ހަންގަނޑު ރީތިކުރަން ބޭނުން ކުރެވިދާނެ ކިތަންމެ އުފެއްދުމަށް ބާޒާރު ގަންނަން ލިބޭނެ އެވެ. އެކަމަކު ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެފަދަ ގިނަ އެއްޗެހި އުފައްދާފައި ހުންނަނީ އެތައް ކެމިކަލްތަކެއް ވެސް ބޭނުންކޮށްގެންކަމެވެ. އެހެންވެ މޫނުގައި އުނގުޅާ އެއްޗެއް ހޯދާ އިރު އެ މީހެއްގެ ހަންގަނޑާ ގުޅޭ އެއްޗެއް ވެސް ހޯދުން ވަރަށް މުހިއްމެވެ.

މިއަށް ވުރެ ބޮޑަށް އަދި އިސްކަން ދޭން ޖެހެނީ ތައްޔާރީ އުފެއްދުންތަކަށް ވުރެ ސީދާ ގުދުރަތީ އުފެއްދުންތައް ބޭނުންކުރުމަށެވެ. ވަރަށް ހަރަދު ކުޑަކޮށް މިކަން ކުރެވިދާނެ އެވެ. މޫނުގެ ހަމަށް އުޖާލާކަން ގެނެވިދާނެ ވަރަށް ރަނގަޅު ފޭސް މާސްކެއް ފަސޭހަ އިން ތައްޔާރުކޮށް ލެވިދާނެ އެވެ.

މިއަށް ބޭނުން ވަނީ ހެޔޮވަރު ކިއުކަމްބާއަކާއި އެލޯ ވެރާ ޖެލް އާއި ވިޓަމިން އީ ކެޕްސޫލަކާއި އެ މީހެއްގެ ހަމާ ގުޅޭ އެސެންޝަލް އޮއިލެވެ.

މާސްކް ތައްޔާރުކުރަން ކިއުކަމްބާގެ ތޮށި މަށާފައި ގާނާލާނީ އެވެ. އަދި ބޯތައްޓަކަށް އޭގެ ދިޔަ ފެލާށެވެ. އެއަށް ފަހު ފްރިޖްގައި ބަހައްޓައިގެން ފަސް ވަރަކަށް މިނިޓަށް ފިނިކޮށްލާނީ އެވެ. އެއަށް ފަހު އޭގެ ތެރެއަށް އެލޯ ވެރާ ޖެލް އާއި ވިޓަމިން އީ ކެޕްސޫލާއި އެސެންޝަލް އޮއިލް އަޅާފައި ރަނގަޅަށް މިކްސްކޮށްލާނީ އެވެ.

ކިއުކަމްބާ އާއި އެލޯ ވެރާ.

ކިއުކަމްބާ އާއި އެލޯ ވެރާ.

އޭރުން އެހެރީ މާސްކްގެ މައިގަނޑު ތައްޔާރުވެފަ އެވެ.

ދެން ރަނގަޅަށް މޫނު ދޮވެފައި، ފެން ހިއްކުމަށް ފަހު، މޫނުގެ ހަންގަނޑު އެއްކޮށް ކަވަރުވާ ގޮތަށް މާސްކް އުނގުޅާނީ އެވެ. އުނގުޅާ އިރު ކަނދުރާގައި ވެސް އުނގުޅަން ވާނެ އެވެ. ބާކީ ހުރި ނަމަ އަތާއި ފައިގައި ވެސް އުނގުޅައިލެވިދާނެ އެވެ.

މި މާސްކް ބޮޑަށް ރަނގަޅީ ރޭގަނޑު ނިދާ އިރު ބޭނުންކުރިއްޔާ އެވެ. އޭރުން ހެނދުނު ހޭލާފައި މޫނު ދޮވެލާއިރު އޭގެ ސަބަބުން ހަންގަނޑަށް އައި ތާޒާކަމާއި އުޖާލާކަން ފާހަގަކުރެވޭނެ އެވެ.