Roadha Mihaaru
އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވުގައި ލޯންޗްކުރަނީ

އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވުގައި ލޯންޗްކުރަނީ

21 ސެޕްޓެމްބަރ 2020

އެމެރިކާގެ މަޝްހޫރު މޭކަޕް ކުންފުނި އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ލޯންޗަކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު މޭކަޕް ކުންފުނި އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ލޯންޗަކުރަން ނިންމައިފި އެވެ.

ނާސާ އިން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ މި މަހުގެ ފަހުކޮޅު އެވެ. ހަމަށް ހާއްސަ ކްރީމް ލޯންޗްކުރަން ބާއްވާ އިވެންޓްގައި 10 ކްރީމް ފުޅިއެއް ޒީރޯ-ގްރެވިޓީގައި ދައްކައިލާނެ އެވެ. އަދި އެ އިވެންޓްގެ ނާސާގެ އެސްޓްރޮނޯޓުން ވީޑިއޯކުރާނެ އެވެ.

އެ ވީޑިއޯ އެސްޓީ ލޯޑާއިން އުފެއްދުން އިޝްތިހާރުކުރަން ޕްރޮމޯޝަނަލް މެޓީރިއަލްއެއްގެ ގޮތުގައި ބޭނުންކުރެ އެވެ. އެހެންވެ މިކަން ވެގެން ދާނީ ތާރީހުގައި ވެސް ވިޔަފާރީގެ އުފެއްދުމެއް އައިއެސްއެސްގައި ލޯންޗްކުރާ ފުރަތަމަ ފަހަރެވެ. އަދި މިކަން ވާނީ އައިއެސްއެސްގެ ނާސާ ވީ ފަޅީގެ ޒީރޯ-ގްރެވިޓީގައި ކުރިއަށް ގެންދާ ހައި-ޕްރޮފައިލް އެއް ހަރަކާތަށެވެ.

މިކަމާ ބެހޭ ގޮތުން ނާސާގެ ތަރުޖަމާނު ވިދާޅުވީ ސީއެންއެން އަށް ވިދާޅުވީ އެސްޓީ ލޯޑާގެ އިވެންޓުން ދޭނެ އެންމެ މުހިއްމު އެއް މެސެޖަކީ ޖައްވީ މަޝްރޫއުތަކަށް ޕްރައިވެޓް ސެކްޓާ އިން ވެސް މިހާރު އިސްކަންދޭ މިންވަރާއި ޖައްވީ ހަރަކާތްތަކަށް ވިޔަފާރިތަކުން އިސްކަންދޭ މިންވަރު ކަމަށެވެ. އަދި މީގެ ސަބަބުން ޖައްވީ އެކިއެކި މިޝަންތަކަށް ޕްރައިވެޓް ސެކްޓާ އަށް ދޮރު ހުޅުވިފައިވާ ކަމާއި މިއީ ކުރެވިދާނެ ކަންކަން ކަމަށް އިވެންޓުން ހާމަވެގެންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އައިއެސްއެސްގައި ލޯންޗްކުރާ އުފެއްދުމަކީ އެސްޓީ ލޯޑާގެ އާ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާފައިވާ "އެޑްވާންސްޑް ނައިޓް ރިޕެއާ" އެވެ. އެ ސީރަމް ލޯންޗްކުރާ އިވެންޓްގައި ނާސާގެ އެސްޓްރޮނޯޓުން ބައިވެރިވި ނަމަވެސް ކްރީމް އިޝްތިހާރުކުރަން ބޭނުންކުރާ މެޓީރިއަލްތަކުގައި އެސްޓްރޮނޯޓުންގެ މަންޒަރުތައް ނުހިމަނާނެ އެވެ.

މުޅިން އަލަށް ކުރާ ތަޖުރިބާއާ ބެހޭ ގޮތުން އެސްޓީ ލޯޑާގެ ރައީސް ސްޓެފެނީ ޑި ލަ ފެވެރީ ވިދާޅުވި ގޮތުގައި އައިއެސްއެސްގައި ޕްރޮޑަކްޓެއް ލޯންޗްކުރުންވެގެން ދާނީ ވިޔަފާރީގައި މާކެޓިން އަށް ބޭނުންކުރެވޭނެ މުޅިން އާ އުކުޅަކަށް ވާނެ އެވެ.

"މިއީ އާންމުކޮށް ކަންކަން ކުރާ އުސޫލުތަކާ ހިލާފަށް މާކެޓިންގެ ދާއިރާ އިން މުޅިން ތަފާތު ކަމެއް." އޭނާ ވިދާޅުވި އެވެ.

އައިއެސްއެސްގައި އުފެއްދުމެއް ލޯންޗްކުރުމަކީ ނާސާ އާއި އެސްޓީ ލޯޑާއާ ދެމެދު 2019 ގައި ހަދާފައިވާ "ސްޕޭސް ކޮމާޒް މެޓާޒް" އެއްބަސްވުމުގެ ދަށުން ކުރާ ކަމެކެވެ. އަދި މިކަމަށް ދާ ހަރަދު ބަލަހައްޓަނީ ނާސާ އިންނެވެ. އެގޮތުން ކްރީމް ލޯންޗްކުރާ ހަރަކާތަށް 128،000 ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.