05 އެޕްރީލް 2020
މި ދުވަސްކޮޅު އަބަދު ގޭގައި ތިބެން ޖެހުމުން ރަނގަޅަށް ނުނިދުމާއި ފޯނާއި ޓީވީ އާއި ކޮމްޕިއުޓަރު ފަދަ އެއްޗެހި ބޭނުންކުރާ މިންވަރު އިތުރުވެދާނެ އެވެ. މި ކަންކަމުގެ ސަބަބުން ލޮލަށް ވަރުބަލިކަމާއި އެކި ކަހަލަ މައްސަލަތަލައް ވެސް ދިމާވާނެ އެވެ. އެހެންވެ ލޯ ތާޒާކޮށްލަން ވެސް މި ދުވަސްކޮޅު ގޭގައި ތިބެގެން ބައެއް ކަންކަންކޮށްލެވިދާނެ އެވެ.
މި ދުވަސްކޮޅު އަބަދު ގޭގައި ތިބެން ޖެހުމުން ރަނގަޅަށް ނުނިދުމާއި ފޯނާއި ޓީވީ އާއި ކޮމްޕިއުޓަރު ފަދަ އެއްޗެހި ބޭނުންކުރާ މިންވަރު އިތުރުވެދާނެ އެވެ. މި ކަންކަމުގެ ސަބަބުން ލޮލަށް ވަރުބަލިކަމާއި އެކި ކަހަލަ މައްސަލަތަލައް ވެސް ދިމާވާނެ އެވެ. އެހެންވެ ލޯ ތާޒާކޮށްލަން ވެސް މި ދުވަސްކޮޅު ގޭގައި ތިބެގެން ބައެއް ކަންކަންކޮށްލެވިދާނެ އެވެ.
އެގޮތުން ކުރެވިދާނެ އެއް ކަމަކީ ރޯޒްވޯޓާ އިން އެހީ ހޯދުމެވެ. ހަދަން ޖެހޭނެ ގޮތަކީ ރޯޒްވޯޓާ އިން ކަފަކޮޅެއް ތެންމައިލުމަށް ފަހު، ލޯމަތިގައި ބާއްވައިގެން 15 ވަރަކަށް މިނިޓްވަންދެން އޮންނާނީ އެވެ. މިހެން ހެދުމުން ލޮލަށް އަރާމުކަން އިހުސާސްކުރެވި ލޮލުގައި ހުންނަ ވަރުބަލިކަން ކެނޑޭނެ އެވެ.
ލޮލުގެ ވަށައިގެން ކަޅުވުމުގެ މައްސަލަ އަށް ފަރުވާ ހޯދަން ވަރަށް ގިނަ މީހުން ކިއުކަމްބާ ބޭނުންކުރެ އެވެ. ހަމަ އެގޮތަށް ކިއުކަމްބާގެ ތޮށި މަށައިލުމަށް ފަހު ގާނާފައި ބައިގަޑިއެއްހާ އިރު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ. އެއަށް ފަހު ލޯމަތީގައި 15-20 މިނިޓްވަންދެން އުނގުޅައިގެން އޮތުމަށް ފަހު، ފިނި ފެނުމުން ދޮވެލުމުން ލޮލަށް ތާޒާކަން އަންނާނެ އެވެ.
ކިއުކަމްބާ ބޭނުންކުރި ގޮތަށް އަލުއްވަކީ ހަމަ ލޮލުގެ ތާޒާ ކަމަށް ބޭނުންކުރެވޭ އެއްޗެކެވެ. ތޮށި މަށައި ގާނާލުމަށް ފަހު، ފްރިޖްގައި ވިއްސަކަށް މިނެޓް ބެހެއްޓުމަށް ފަހު ލޯ މަތީގައި އުނގުޅާފައި 10 ވަރަކަށް މިނިޓްވަންދެން ބަހައްޓާށެވެ. އެއަށް ފަހު ދޮވެލާނީ އެވެ. މިހެން ހެދުމުން ޑާކް ސާކަލް ފިލައި، ލޮލުގައި ހުންނަ ދުޅަކަން ވެސް ފިލާނެ އެވެ.
ދެން އޮތީ ސައިފަތް ޕެކެޓުން ބޭނުންކުރެވިދާނެ ގޮތެކެވެ. ބޭނުންކޮށްފައި އޮތް ސައިފަތް ޕެކެޓެއް ނުވަތަ ދެ ޕެކެޓް އައިސް އަލަމާރީގައި ފިނިކޮށްލުމަށް ފަހު، ލޯ މަތީގައި ބާއްވާލައިގެން 15 ވަރަކަށް މިނިޓްވަންދެން އޮންނާނީ އެވެ. މީގެ ސަބަބުން ޑާކް ސާކަލް ފިލުމާ އެކު، ލޮލުގައި ހުންނަ ދުޅަކަން ވެސް ފިލާނެ އެވެ.
ފިނިފެން ފަރުވާއެއްގެ ގޮތުގައި
އިސްތަށިގަނޑަށް އޮފުކަން ގެނެވޭނެ ތިން ގޮތެއް
މޫނުގެ ތެޔޮކަން ފިލުވަން ޓޮމާޓޯ އާއި އޯޓްސް
ތެތް އިސްތަށިގަނޑާ އެކު ނުނިދާތި
ބައިވެރިންތަކަކަށް ކޮވިޑް ޖެހި، މިސް ވޯލްޑް ފަސްކޮށްފި
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
އަތްތިލަ ހަރު ނަމަ މަޑު ކޮށްލެވިދާނެ ގޮތްތަކެއް
މަރާޔާ އަކީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރު
ބޯ ކޮށާލި ގޮތުން 2.7 މިލިއަނުގެ ބަދަލުދޭން ޖެހިއްޖެ
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ