Roadha Mihaaru
ވެކްސިން ނުޖަހާ މީހުންނަށް އަދަބު ދޭން ފަށައިފި

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުން މަނާކޮށްފި

01 ސެޕްޓެމްބަރ 2021

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުން އިކޮނޮމިކް މިނިސްޓްރީން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުން އިކޮނޮމިކް މިނިސްޓްރީން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ކޮވިޑުން ދިފާއުވުމަށްޓަކައި ވެކްސިން ޖަހަން ބާރު އެޅުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮގްރާމްގެ ދަށުން، އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދޭނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިވާ ނަމަ އެވެ. އެހެން ނޫނީ އެ މީހުންނަށް ހިދުމަތް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިސްކަން ދިނުމަށް އެ މިނިސްޓްރީގެ އެންގުމުގައި ވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެކި ކަހަލަ ވިޔަފާރިތައް ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށާއި އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުން، ޕީސީއާރު ޓެސްޓް ހަދައިގެން މަސައްކަތަށް ނުތުކުމަށް ވެސް އަންގައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން އަމާޒު ހިފާފައިވީ ނަމަވެސް މިދިޔަ އޮގަސްޓް މަހު ކަނޑައެޅި އަދަދަށް ވާސިލެއް ނުވެ އެވެ. ސަރުކާރުގެ އަމާޒަށް ވެފައި އޮތީ 90 ޕަސެންޓް މީހުންނަށް މިދިޔަ މަހުގެ ނިޔަލަށް ވެކްސިން ދީ ނިންމަން ކަމަށް ވިޔަސް މަސް ނިމުނުއިރު ހާސިލު ކުރެވުނީ 66 ޕަސެންޓެވެ.