16 އޮކްޓޯބަރ 2019
ގާތްގަނޑަކަށް ހަ މަސް ދުވަހު ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ހުއްޓާލުމަށް ފަހު އަލުން ފަށައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި އައި ބްރޭކްތަކުން ޓީމުތަކަށްވާނެ އުނދަގޫ ކުޑަކުއްޖަކު ވިސްނާލިޔަސް އެނގޭނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގާތްގަނޑަކަށް ހަ މަސް ދުވަހު ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ހުއްޓާލުމަށް ފަހު އަލުން ފަށައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި އައި ބްރޭކްތަކުން ޓީމުތަކަށްވާނެ އުނދަގޫ ކުޑަކުއްޖަކު ވިސްނާލިޔަސް އެނގޭނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށައި އެންމެ ފުރަތަމަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޖުލައި 9 އިން އޮގަސްޓް 2 ވަނަ ދުވަހަށް 24 ދުވަހުގެ ބްރޭކެއް ނެގި އެވެ. އެ އަށް ފަހު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުުޅުނު މެޗަށް އޮގަސްޓް 10 އިން ސެޕްޓެމްބަރު މަހު 17 އަށް 38 ދުވަހުގެ ބްރޭކެއް ނެގި އެވެ. މި މަހު 10 ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަށް މިދިޔަ މަހު 30 އިން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 14 ދުވަހަށް ލީގު މެދުކަނޑާލި އެވެ. އަދި މި މަހު 27 އިން 12 ޑިސެމްބަރަށް ވެސް 46 ދުވަހުގެ ބްރޭކެއް ނަގަން ވަނީ ނިންމައިފަ އެވެ. އެއީ ނޮވެމްބަރު މަހު މާލޭގައި ގުއާމާއި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗަށާއި ޑިސެމްބަރު މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށް ވަގުތު ދޭށެވެ. މި ހުރިހާ ބްރޭކެއްގެ ޖުމްލަ އަދަދަށް ބަލާއިރު މިއީ 122 ދުވަހެވެ.
ސުޒޭން ބުނީ ބަޔަކު ގަބޫލުނުކުރިޔަސް ބްރޭކްތަކުގެ ގެއްލުން ބޮޑު ކަމަށެވެ. އަދި އޭނާ ކަންތައްތަކުގެ ވާހަކަ ދައްކާއިރު މީހުން އެއަށް ރައްދުދޭ ގޮތުން ފާހަގަކުރެވެނީ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވާގޮތުން ނަމަ "ރަނގަޅު އެއްގޮތެއް ވެސް ނެތް، ވެހުނަސް އަވިދިނަސް ސަލާމަތެއް ނެތް" ގޮތަކަށް ކަމަށް ސުޒޭން ބުންޏެވެ.
"މި ބްރޭކުން ގައިމުވެސް ފައިދާ ނޫން ގެއްލުއްތޯ ވަނީ ކުޑަކުއްޖަކަށް ވެސް އެނގޭނެ. ކަމެއް ރަނގަޅަށް ކޮށްފައި އޮއްވައި އެއިން އިތުރަށް ވަގުތު ނަގަންވެއްޖިއްޔާ އިތުރު މަަސައްކަތްތަކެއްކަން ކުރަން ޖެހެނީ. ބްރޭކަކުން ނުވާނެ ފައިދާއެއް،" ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ކުރިއަށްދަންޏާ އޮންނާނެ ގޮތަކީ އުނދަގޫތަކެއް ހުއްޓަސް އެ އަށް ހޭނިގެން ކުރިއަށް ދިއުން ކަމަށާއި އެހެން ނަމަވެސް މި ބްރޭކުތަކުގައި ތަފާތު ދައްކާ ފެންވަރަށް ދިވެހި ކޯޗުން އަދި މޮޅުނުވާ ކަމަށް ސުޒޭން ބުންޏެވެ.
"ދިވެހި ކޯޗުންނަކީ އެހާ މޮޅު ބައެއް ނޫން ކަންނޭނގެ. އެއީ ޕްރީ ސީޒަން ގޮތަށް ޓްރެއިނިން ގޮތަށް ތިން ބުރަކަށް އަހަރެއް ތެރޭގައި ގެންގޮސް އެ ގޮތަށް ޓީމެއް ބައްޓަން ކޮށްގެން ހިފަަހައްޓައި އެ ގާބިލުކަމެއް ނުހުންނާނެ. މިއީ ޔޫރަޕްގައި ކޮށް އުޅޭ ކަމެއް ނޫން. އެހެންވީމަ އެ މީހުން އެހާ ފަރިތައެއް ނުވާނެ ތިން ޕްރީ ސީޒަނަށް ދާކަށް. އެ ހުރިހާ އުނދަގޫތަކާ އެއްކޮށް ރާއްޖޭގައި ކުޅެންޏާ ކުޅެން ޖެހޭނީ،" ސުޒޭން ބުންޏެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ ނުވަ މެޗުން 23 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ސުޒޭން ބުނީ މި ބުރުގެ އަމާޒަކީ މި އޮތް ހަތް ޕޮއިންޓުގެ ފަރަގު ކުޑަކުރުން ކަމަށެވެ.
"މިހާރު ގްރީންގެ ޓާގެޓަކީ މާޒިޔާއާ ދެ ޕޮއިންޓް ނަމަވެސް އެހެން ނޫނީއްޔާ މިހާރު އެ އޮތް ވަރަށް ވުރެން ތަންކޮޅެއް ކައިރިއަށް ދިއުން. ނޫނިއްޔާ ޕޮއިންޓުން ފަސް ޕޮއިންޓަށް ކައިރިކޮށްލުން އެއީ ވެސް ރަނގަޅު އެޗީވްމަންޓެއް ކަމަށް ބަލާނީ،" ސުޒޭން ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އިން ވަނީ 3-0 އިން ދަ ގްރާންޑޭ ބަލިކޮށްފަ އެވެ. ފުރަތަމަ ބުރުގައި އެ ނަތީޖާ ނުކުތް ކަމުގައި ވިޔަސް ސުޒޭން ހުރީ މިއަދުގެ މެޗު ފަސޭހަކުރުމުގެ ވިސްނުމެއްގައެއް ނޫނެވެ.
"ފާހަގަކޮށްލަން ޖެހޭ ދަ ގްރާންޑޭ އަކީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައި އޮތް ޓީމެއް ވީމާ ވަރަށް ވިސްނަން ޖެހޭ. ހާއްސަކޮށް އެންމެ ފަހުން ކުޅުނު މެޗުގައި އީގަލްސްއާ ދެކޮޅަށް އެ މީހުން ވަރަށް ރަނގަޅަށް ފަހު ހާފުގައި ކުޅެފައި އޮތީ،" ސުޒޭން ބުންޏެވެ.
ލީގުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ.
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން
މާޒިޔާ އަށް އެއް ވަަނައިގައި ބޮޑު ލީޑެއް
ދަ ގްރާންޑޭއާ އެއްވަރުވެ ގްރީނަށް އުނދަގޫތަކެއް
ފޯކައިދުން ގްރީން ސްޓްރީޓްސް ވެސް ހިފަަހައްޓައިފި
ލަބާން ފޯމް ކެޓުމުން، ސުޒޭންގެ އިނގިލި ގައުމީ ޓީމަށް
ގްރީން އަތުން މިފަހަރު ވެސް ވެލެންސިއާ ބަލިވެއްޖެ
މޮޅުވާން ދިޔަ ގްރީން އަށް ޔޫވިން ހުރަސް އަޅައިފި
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި