16 އެޕްރީލް 2022
ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-0 ން މޮޅުވާން ދިޔައ ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ޔޫވީން ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ 1-1 އެއްވަރުކޮށްފި އެވެ.
ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި މިރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-0 ން މޮޅުވާން ދިޔައ ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ޔޫވީން ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ 1-1 އެއްވަރުކޮށްފި އެވެ.
މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ޔޫވީން ކާމިޔާބު ކުރީ 1-0 ންނެވެ. މިރޭގެ މެޗުން ޔޫވީ އަށް ލިބުނު ޕޮއިންޓާއެކު އެޓީމުން ވަނީ، ޓީސީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ތިން ޓީމަށް ވެސް މިހާރު ލިބިފައި އޮތީ 11 ޕޮއިންޓެވެ. ޔޫވީ އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. މެޗުން ގްރީން އަށް ލިބުނު ޕޮއިންޓްގައި އެޓީމުން ވަނީ މިހާރު އަށް ޕޮއިންޓް ހޯދާފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގްރީންގެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ހޯޒޭ އަވީލާ އެވެ. ޔުނައިޓެޑް ވިކްޓަރީގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން އޭންހަލް މުނޯޒް ނެގުމުން ޔޫވީގެ ކީޕަރު އަހްމަދު އަހްނަފް ޒަރިއަންދު ދިފާއު ކުރި ބޯޅަ ރީބައުންސްވި އެވެ. އެބޯޅަ އަވީލާ ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ޔޫވީ އާއި ގްރީން މިރޭ ކުޅުނު މެޗުގެ ތެރެއިން: ފުރަތަމަ ބުރުގައި ޔޫވީން ވަނީ ގްރީން ބަލިކޮށްފަ --- ފޮޓޯ: އެފްއޭއެމް
އޭރިއާގެ ބޭރުން ގްރީން އަށް ޖެހުން ލިބުނީ ކީޕަރު އަހްނަފް، ގްރީންގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ފައުލު ކުރުމުންންނެވެ. ގްރީން އަށް ލިބުނު ހުސް ފުރުސަތެއްގައި އަންސަރު އޭރިއާ ތެރެއަށް ވަނުމުން ބޯޅަ އަށް ކުރިއަށް ނުކުމެ އަހްނަފް ވަނީ އަންސަރު އަށް ހުރަސް އަޅައިފަ އެވެ. އަންސަރު މަސައްކަތް ކުރީ އަހްނަފް ކައިރިން ނައްޓާލުމަށް ފަހު ގޯލްގެ ތެރެއަށް ވަންނާށެވެ. އެކަމަކު އަހްނަފް ބޯޅަ އަށް ހުރަސް އެޅުމުން ބޯޅަ އޭނާ އަތުން ދޫވެ އޭރިއާ ބޭރަށް ދިޔަ އެވެ. ދަން އަންސަރު ބޯޅަ ހޯދަން އުޅުމުން އަހްނަފް އޭނާ އަސް ފައުލު ކުރި އެވެ.
ފުރަތަމަ ހާފުގެ ކުރީ ކޮޅު މުނޯޒް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ކީޕަރު އަހްނަފް ހުރި ދިމާލަށެވެ.
ދެވަނަ ހާފުގައި ޔޫވީން ގްރީންގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. އެޓިމުގެ އަނަޓޮލީ އަށް މެޗުގެ 63 ވަނަ މިެނެޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. ގްރީންގެ އޭރިއާގެ ބޭރުން އޭނާ ފޮނުވައިލި ބާރު ބޯޅަ ގްރީންގެ ކީޕަރު ސާގިބް ހަނީފް ވަނީ އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.
ޔޫވީ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އަނަޓޮލީ ޖެހީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. ދެވަނަ ހާފުގައި އޭގެ ކުރިން ވެސް ޔޫވީ އަށް ގްރީންގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުންތަކުގައި ވެސް ނުރައްކާ ކުރި އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހިތްވަރެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
އީގަލްސްއަށް މޮޅެއް، ޔޫވީ ބަލިކޮށް ގްރީން ހަތަރަކަށް
ގްރީން އަތުން މިފަހަރު ވެސް ވެލެންސިއާ ބަލިވެއްޖެ
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި