18 ޖުލައި 2022
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-1 ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިފައި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-1 ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިފައި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އީގަލްސް މޮލުވީ އުނދަގުލުންނެވެ. ފަހުވަގުތު ޖެހި ލަނޑުތަކުން އީގަލްސް މޮޅުވީ 2-1 ން ނެވެ.
ބޯ ވިއްސާރައިގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ސަސް ސަސް އިން ވަނީ މެޗުގެ 12 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. މިއީ އީގަލްސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސަސްގެ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅައަކުން އިބްރާހިމް އަތީގް ހަސަން (އިއްބެ) ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި އީގަލްސް އިން އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް، އަހުމަދު ރިޒުވާޏް (ރިޒޭ) އާއި ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވިއެވެ.
ސަސް އާއި އީގަލްސް މިއަދު ހަވީރު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
ދެވަނަ ހާފުގައި އީގަލްސް އަށް ނަތީޖާ އެއްވަރު ކުރަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ހަންނަ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ، އެޓީމުގެ ބްރެޒިލް ފޯވާޑް ބްރޫނޯ ވިނީޝިއުސް ފޮނުވާލުމުން ދިފާއު ކުރީ ސަސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. އޭގެ ކުރިން ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ފޮނުވާލި ހަމަލާއެއް އީގަލްސްގެ ކީޕަރު ހަސަން އަލީފް ވަނީ ދިފާއު ކޮށްފަ އެވެ.
އީގަލްސް އިން ނަތީޖާ އެއްވަރުކުރީ 86 ވަނަ މިނިޓުގައި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އޭނާ މި ލަނޑު ޖެހީ ހަންނަ ނަގައިދިން ބޯޅައެއް ސަސްގެ ޑިފެންޑަރުން ބްލޮކް ކުރަން ޖައްސާލި ވަގުތު ގޯލް ކުރިމަތީ ހުސްކޮށް ހުއްޓައި ލިބުނު ފުރުސަތަކުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން ސަސްގެ ޑިފެންޑަރެއް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅައަކުން އީގަލްސް އަށް ލީޑު ހޯދައިދިނީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހަންނަ އެވެ.
މި ނަތީޖާއާ އެކު ލީގުގެ ދެވަނައިގައި އޮތް އީގަލްސް ވަނީ 18 މެޗުން 43 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއްވަނައިގައި އޮތް މާޒިޔާ އަށް ވަނީ 18 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
ގްރީންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް
ގްރީން ސްޓްރީޓްސް އިން މިރޭ ޔޫވީ ބަލިކުރީ ވެސް 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ގްރީން ވަނީ، 18 މެޗުން 26 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ނަމަވެސް ޓީސީ އަށް ކުރި ލިބެނީ ފައިދާ އެންމެ ގޯލެއްގެ ތަފާތުންނެވެ.
ލީގުގެ ފަސްވަނައިގައި އޮތީ 25 ޕޮއިންޓް ހޯދާފައިވާ ކްލަބް ވެލެންސިއާ އެވެ. އަދި ހަވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އޮތް ޔޫވީ އެވެ. ހަތްވަނައިގައި އޮތް ސަސް އަށް 14 ޕޮއިންޓް ލިބިފައި ވާއިރު، ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ގްރީން އިން ވަނީ މެޗުގެ 10 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. އަންސަރު އިބްރާހިމް (އަންކޮ) ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ.
ޔޫވީ އާއި ގްރީން ކުޅުނު މެޗުގައި، ގްރީންގެ އަންކޮ، ބޯޅަ ކުރިއަށް ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް
މެޗުގެ 20 ވަނަ މިނިޓުގައި ވިއްސާރައިގެ ސަބަބުން ދަނޑުގެ ލައިޓިން ސިސްޓަމަށް ވެސް މައްސަލައެއް ދިމާވި އެވެ. އެވަގުތު ވެސް މެޗު ކުރިއަށް ގެންދަން ރެފްރީ ނިންމުމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އެކަން ރަނގަޅަށް ބަލައިދޭން ވެސް އެދުނެވެ. ނަމަވެސް އެ އަލީގައި ކުޅެމުން ދަނިކޮށް ގްރީން އިން ދެވަނަ ލަނޑު ޖެހީ 25 ވަނަ މިނިޓުގަ އެވެ. ގްރީންގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ އަންކޮ އެވެ.
ލައިޓަށް ދިމާވި މައްސަލަ ފުރަތަމަ ހާފް ނިމުމުގެ ކުރިން މުޅިން ހައްލު ކުރެވުނު އިރު، ޔޫވީގެ ހަމައެކަނި ލަނޑު 56 ވަނަ މިނިޓުގައި ޖަހައިދިނީ ބެލަރޫސް ފޯވާޑް އިވާން ވެރާސް އެވެ. މިއީ އޭރިއާ ބޭރުން އެޓީމުގެ މުހައްމަދު ރީހާނަށް ކުރި ފައުލަކަށް ލިބުނު ހިލޭޖެހުމަކުން އިވާން ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގްރީން ސްޓްރީޓްސްގެ އުޒްބަކިސްތާނު ޑިފެންޑަރު ޝުކުރާލި ޕުލާޓޯވް އެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް
އީގަލްސް ތަފާތު ފޯމެއްގައި، ޔޫވީ އަށް ފުރަތަމަ މޮޅު
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ