Roadha Mihaaru
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ

އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ

27 ފެބުރުއަރީ 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް އީގަލްސް ވެސް އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް އީގަލްސް ވެސް އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެ އެވެ.

އީގަލްސް މީގެ ކުރިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-0 ންނެވެ. އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް އަތުން މޮޅުވީ ފަހު ވަގުތުގަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ހަތަރު ވަނައިގައި ސަސް ނިންމައިލި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގައި އެކުޅުމާ ގާތް ކުރާ ކުޅުމެއް ވެސް އެޓީމަށް އަދި ނުދެއްކެ އެވެ.

މިހާތަނަށް ޕޮއިންޓެއް ވެސް ނުލިބި އޮތް ހަމައެކަނި ޓީމަކީ ސަސް އެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވެ އެޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ. އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސަސް ބަލިވީ 2-1 ންނެވެ.

ސަސް އާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން: މި މެޗުން ވެސް ސަސް ވަނީ ބަލިވެފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަސް އާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން: މި މެޗުން ވެސް ސަސް ވަނީ ބަލިވެފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އަށް ލީޑް ނަގައިދިނީ އަހްމަދު ހަސަން (އަންމަޑޭ) އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ދެވނަ ހާފުގެ ފަހު ކޮޅުގަ އެބެ. އެލަނޑު ޖެހީ އަބްދުﷲ ޒިޔާން އެވެ.

ލީގުގައި ބިދޭސީ ކުޅުންތެރިޔެއްގެ އެހީއާ ނުލައި ކުޅޭ ހަމައެކަނި ޓީމަކީ ސަސް އެވެ. އެޓީމުގެ ލަނޑު މެޗުގެ 85 ވަނަ މިނެޓްގައި ޖެހީ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. އޭނާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ) އެވެ.

ލީގުގައި މިރޭ ވާދަ ކުރާނީ ޓީސީ އާއި މާޒިޔާ އެވެ.