25 އެޕްރީލް 2022
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސް އިން މާޒިޔާއާ ފަރަގު ކުޑަ ކޮށްފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސް އިން މާޒިޔާއާ ފަރަގު ކުޑަ ކޮށްފި އެވެ.
ދިވެހި ޕްރިމިއަ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އާ އިގަލްސްގެ ދެމެދުގައި މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ. ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ މާޒިޔާ އަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ. ލީގުގައި މާޒިޔާ މިހާތަނަށް ބަލިވީ ވެސް އީގަލްސް އަތުންނެވެ. އީގަލްސް 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ 25 ޕޮއިންޓް، ވަނީ ހޯދައިފަ އެވެ.
އީގަލްސް އާއި ސަސް، ފުރަތަމަ ބުރުގައި ކުޅުނު މެޗު ވެސް އީގަލްސްއިން ކާމިޔާބު ކުރީ 2-1 ންނެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ސަސް އަށް ހަތަރު ވަނަ މަގާމާ ކައިރިއަށް ދެވެން އޮތެވެ. ޕޮއިންޓްގެ ގޮތުން ސަސް އާއި ޓީސީ އަދި ގްރީން ސްޓްރީޓްސް ވެސް އެއްވަރެވެ. ތިން ޓީމަށް ވެސް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ ވެލެންސިއާ އެވެ. އެޓީމަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ލީޑް ނަގާފައި ވަނިކޮށް ހާފު ނިމުމުގެ ކުރިން ސަސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އީގަލްސްގެ ލަނޑު 20 ވަނަ މިނެޓްގައި ޖެހީ އަހްމަދު ހަސަން (އަންމަޑޭ) އެވެ.
އީގަލްސް އާއި ސަސް މިރޭ ކުޅުނު މެޗުގައި: އީގަލްސްއިން މެޗު ކާމިޔާބު ކުރީ 2-1 ން --- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އަލީ ނަސޫހް ރަޝީދު ވަނީ ސަސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު އިމްރާން ނަޝީދު ވަނީ އީގަލްސް މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
މި ސީޒަންގައި ބިދޭސީ ކުޅުންތެރިން ނުގެންނަ ހަމަ އެކަނި ޓީމަކީ ސަސް އެވެ. އެހެން ޓީމުތަކުން ބިދޭސީ ކުޅުންތެރިންގެ އެހީ ހޯދި ނަމަވެސް ސަސްއިން ނިންމާފައި ވަނީ ދިވެހި ކުޅުންތެރިންނާއެކު ކުރިއަށް ދިއުމަށެވެ. ދިވެހި ކުޅުންތެރިންނާއެކު ކުރިއަށް ގޮސް ޕްރެޒިޑެންޓްސް ކަޕްގައި އެޓީމުން ރަނގަޅު ނަތީޖާ ތަކެއް ނެރުނެވެ.
ސަސްގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ދިވެހި ކުޅުންތެރިންނަށް ސަސް އިން ކުރި އިތުބާރުގެ ފައިދާ ފެންނާނެ ކަމަށެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އީގަލްސް އަތުން ވެސް ސަސް ބަލި ވެއްޖެ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި