16 އޮކްޓޯބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ގްރީން ސްޓްރީޓްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ކުރާ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ގްރީން ސްޓްރީޓްސް އިން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ކުރާ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު ހަމަކުރެވުނީ 10 މެޗުން 17 ޕޮއިންޓެވެ. މިރޭ އީގަލްސް އަތުން މޮޅުވެގެން މާޒިޔާ އަށް ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ.
މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގެ ކުރީކޮޅުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުހިފުނުއިރު، ފަހު ކޮޅުގައި ދަ ގްރާންޑޭގެ ކުޅުންތެރިޔަކު މަދުކޮށް ކުޅުނުއިރު ވެސް އޭގެ ފައިދާ ނުނެގުނީ ކަމަށެވެ. އަދި މި މެޗުގެ ނަތީޖާ މި ނުކުތްގޮތުން މާޒިޔާ އަށް ލީޑުބޮޑުކުރަން ފުރުސަތު ލިބުނު ނަމަވެސް ގްރީން އިން ކުރެވެން ހުރި މަސައްކަތެއް ކުރާނެކަމަށް ސުޒޭން ބުންޏެވެ.
"މީގެ ކޮންމެ ގޮތެއްވިޔަސް މާޒިޔާ މިހާރު އެ ނެގީ ވަރަށް ބޮޑު ލީޑެއް. އެހެންވީމަ ވަރަށް އުނދަގޫވާނެ މިހާރު މި އޮތް ސިޓުއޭޝަންގައި އަނެއްކާވެސް. އެކަމަކު އަދި ކޮންމެވެސް ގޮތްތަކެއް ހެދިދާނެ. އެއީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު މި އޮތީ މެޗަކަށް،" ސުޒޭން ބުންޏެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާ ރަނގަޅު އެޓޭކްތަކެއް ކުރެވުނެވެ. ފުރަތަމަ ހަމަލާ މެޗުގެ އަށް ވަނަ މިނިޓްގައި ފޮނުވާލީ ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. އޭނަ ޖެހި ބޯޅަ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ދަ ގްރާންޑޭގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) މެޗުގެ 13 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ބިދޭސީ ކީޕަރު އޮކްސްލެންޑާ ޕޮސްލާވްސްކީ ވަނީ މަތަކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން މެޗުގެ 20 ވަނަ މިނިޓްގައި އުމެއިރަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.
ލީޑުނަގަން ގްރީން ސްޓްރީޓްސް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށްދިނީ މެޗުގެ 32 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ހުސްކޮށް ލިބުނު ފުރުސަތުން ދަގަނޑޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ކިޕަރު ފައިސަލް ބޯމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ނަތީޖާ ހަމަހަމަކުރަން ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން ލިބުނު ނުސީދާ ހިލޭ ޖެހުމަކުން ދަ ގްރާންޑޭގެ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ފައިސަލަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ބަދަލުގައި ކުޅެން އެރީ އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. އޭނާ އަކީ ދަ ގްރާންޑޭ ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ކައުންޓަ އެޓޭކެއްގައި ލިބުނު ފުރުސަތުން މެޗުގެ 55 ވަަނަ މިނިޓްގައި ދަ ގްރާންޑޭގެ ނިޒާމްބެ ޖެހި ބޯޅަ ކީޕަރު އޮލެކްސަންޑަ ވަނީ މަތަކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދޭން މެޗުގެ 73 ވަަނަ މިނިޓްގައި ދަގަނޑޭ ޖެހި ބޯޅަ ކީޕަރު ޗިކީ ވަނީ ފައިން މަތަކޮށްފަ އެވެ.
މެޗުގެ 76 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ހޮކޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ހޮކޭ އަށް ކާޑު ދެއްކީ މެޗުގެ ރެފްރީ އަބްދުﷲ ސާތިރުގެ ނިންމުމަށް ތަކުރާރުކޮށް ފާޑުކިޔުމުންނެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ވެސް ދަ ގްރާންޑޭ އިން ހިތްވަރުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް އެވެ. މިއީ ދަ ގްރާންޑޭގެ އެންޑިއޫ އަށް ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިކް (ބަކާ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އޭގެ މިނިޓެއް ފަހުން ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން އޭރިއާތެރެއިން ޔަޝްފާދު ހަބީބު (މުލަކޭ) އާއި އޮބައިދާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މި ފަހަރު ލީގުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭގެ ފަރާތުން ކޮންމެ މެޗެއްގައި ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވަރަށް ހިތްވަރުގަދަ ރޫހެއްގައި މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުމެއް ފެނިގެންދެ އެވެ. އެ ޓީމުން ގިނަ މެޗުތަކުގައި ދެ ވަނަ ހާފްގައި ރަނގަޅަށް ކުޅެ ޕޮއިންޓް ހޯދާފައިވެ އެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެ ފަދަ ރޫހެއްގައި ޓީމު ކުޅޭތަން ފެނުމަކީ ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
"ފުޓްބޯޅަ ދަނޑެއްގައި ޕްލޭޔަރުންގެ ފަރާތުން ފެންނަން ކޯޗު އެންމެ ހިތްހަމަޖެހޭ ކަންތައް އެބަފެނޭ. އުނދަގޫ ކަމެއް މިއީ. އަޅުގަނޑުމެންގެ ޕްލޭޔަރުން ކޮންމެ މެޗެއްގައި ވެސް މީތި (މި ރޫހު) އެބަގެނޭ. ޓީމުގެ ހާލަތަށް ބަދަލެއް ނާދޭ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ޕޮއިންޓަކާ އެކު ފެށުމަކީ މި ހަމަ ޕޮޒިޓިވް ކަމެއް،" އިންމަ ބުންޏެވެ.
ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި އޮތީ ނުވަ މެޗުން ހޯދި 15 ޕޮއިންޓާ އެކު އެވެ.
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި
ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ނިލަންދޫ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ކަލަންޑަރު ބަދަލުކޮށްގެން ވީ ފައިދާއެއް ނެތް: ސުޒޭން
މާޒިޔާ އަށް އެއް ވަަނައިގައި ބޮޑު ލީޑެއް
ބްރޭކްތަކުގެ މައްސަލައިގައި ސުޒޭން ހިތްހަމަނުޖެހިފައި!
ފޯކައިދުން ގްރީން ސްޓްރީޓްސް ވެސް ހިފަަހައްޓައިފި
ލަބާން ފޯމް ކެޓުމުން، ސުޒޭންގެ އިނގިލި ގައުމީ ޓީމަށް