Roadha Mihaaru
17 އަތޮޅު ތަމްސީލުކުރި ކެނޯ ރޭސް ނިންމާލައިފި

ރާއްޖޭގެ 17 އަތޮޅު ތަމްސީލު ކުރި ކެނޯ ރޭސް ނިންމާލައިފި

26 ސެޕްޓެމްބަރ 2019

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ގިނަ އަތޮޅުތަކެެއް ހިމެނޭ ގޮތަށް ބޭއްވި ފޯރިގަދަ ކެނޯ ރޭސް ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ވ. ތިނަދޫން ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ގިނަ އަތޮޅުތަކެެއް ހިމެނޭ ގޮތަށް ބޭއްވި ފޯރިގަދަ ކެނޯ ރޭސް ނިންމާލައިފި އެވެ.

"ޖަޒީރާ ކެނޯ ރޭސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ވ. ކެޔޮދޫން ފެށި ކެނޯ ރޭސް ނިންމާލީ، އެ އަތޮޅު ތިނަދޫންނެވެ. ރިލޭ ރޭހެއް ގޮތަށް ކުރިއަށްދިޔައީ ތިން ރަށް ހިމެނޭ ގޮތަށެވެ. ފިރިހެން ބައިވެރިންނާއި އަންހެން ބައިވެރިން ހިމެނޭ މި ރޭހުގައި 17 އަތޮޅަކުން ބައިވެރިވި އެވެ.

މި ރޭހުގައި އެންމެ ފުރަތަމަ ކެޔޮދޫން އެ އަތޮޅު ފެލިދު އަށް ކެނޯގައި ދިޔައީ އަންހެން ބައިވެރިންނެވެ. އެއަށްފަހު ފެލިދޫން ތިނަދު އަށް ދަތުރު ފެށީ ފިރިހެން ބައިވެރިޔާ އެވެ. ކެޔޮދު އާއި ފެލިދުއާ ދެމެދު 800 މީޓަރު ދުރުމިން ހުންނަ އިރު ފެލިދު އާއި ތިނަދުއާ ދެމެދު 1.7 ކިލޯ މީޓަރު ހުރެ އެވެ.

މި ރޭހުގައި އެކި އަތޮޅުތަކުން އެކި އުމުރު ފުރައިގެން މީހުން ބައިވެރިވިރު، ގއ. އަތޮޅު ތަމްސީލު ކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާނު ޖަމާލާއި ފ. ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރޭސް ކާމިޔާބު ކުރީ މާލެ އަތޮޅުގެ ދެ ބައިވެރިންނެވެ. އެއީ، ކ. ގުޅިއަށް އުފަން އިސްމާއިލް ޝާހާއި އައިމިނަތު ޝެހެނާޒެވެ. ދެވަނަ އަށް ދިޔައީ ވ. އަތޮޅު ކެޔޮދޫގެ ދެ ބައިވެރިން ކަމުގައިވާ ހަސަން އިޝާނާއި ޝަފީގާ މުހައްމަދެވެ. ތިން ވަނަ އަށް ހޮވުނީ، އައްޑޫ ސިޓީގެ ދެ ބައިވެރިންނެވެ.

މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ވ. އަތޮޅު ކެޔޮދޫގައި ފެށި ހަރަކާތްތަކުން ދޭހަވަނީ، މި ސަރުކާރުން އާބާދީ މަދު ސަރަހައްދުތަކަށް ވެސް އިސްކަންދޭ މިންވަރެވެ.

ޖަޒީރާ ކެނޯ ރޭހުގެ ބައިވެރިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަޒީރާ ކެނޯ ރޭހުގެ ބައިވެރިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔޭގެ އެހެން ހިސާބުތަކުގައި ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގައި ރާއްޖޭގައި މި ދުވަސް ފާހަގަކުރުން ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި އެގޮތުން މި ދުވަސް ފާހަގަކުރުމުގައި ދިވެހި ވަންތައް ގިނަ ހަރަކާތްތައް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި 'ރާއްޖޭގެ ސަސްޓެއިނަބަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ތިމާވެއްޓަށް އާދަކާދަ އާއި ސަގާފަތް އެއީ ރާއްޖޭގެ ޓޫރިޒަމް ތަފާތު ކުރަން ނުވަތަ ޑައިވާސިފައި ކުރަން އެންމެ މުހިއްމު އަސާސްތައް،" އޭނާ ވިދާޅުވި އެވެ.

ކެނޯ ރޭހުގެ އިތުރުން، ދިވެހި ކެއުމަށް ހާއްސަ ޖާފަތެއް ކެޔޮދޫގައި އޮންނާނެ އެވެ. މި ކެޔުމުގައި ދިވެހި 65 އަށް ވުރެ ގިނަ އުފެއްދުންތައް ތައްޔާރުކޮށްފައިވެ އެވެ. ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވެ އެވެ.