Roadha Mihaaru
ކަތުރުފަންޏާ ހެދި ކްރިމިނަލް ކޯޓު ޝަރީއަތްތައް ކެންސަލް

ކްރިމިނަލް ކޯޓުން ކަތުރުފަނި ނައްތާލަން ޝަރީއަތްތައް ކެންސަލް

15 ސެޕްޓެމްބަރ 2019

ކްރިމިނަލް ކޯޓްގައި ކަތުރުފަނި އަޅާފައި ވާތީ، ކަތުރުފަނި ނައްތާލުމުގެ މަސައްކަތްކުރާތީ މިއަދު އެ ކޯޓުގެ ހުރިހާ ޝަރީއަތެއް ކެންސަލްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކްރިމިނަލް ކޯޓްގައި ކަތުރުފަނި އަޅާފައި ވާތީ، ކަތުރުފަނި ނައްތާލުމުގެ މަސައްކަތްކުރާތީ މިއަދު އެ ކޯޓުގެ ހުރިހާ ޝަރީއަތެއް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ހުކުރު ދުވަހުން ފެށިގެން ކުރިއަށް ދާއިރު ބަންދުގެ މުއްދަތު ޖެހުމުގެ މަސައްކަތް ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔައީ ޖަސްޓިސް ބިލްޑިންގުގަ އެވެ. އެކަން އޮތީ ކުރިން އިއުލާނު ވެސް ކޮށްފަ އެވެ.

މިއަދުގެ ޝަރީއަތްތައް ކެންސަލްކުރި ނަމަވެސް މިއަދަށް 68 މައްސަލައެއް ތާވަލްކޮށްފައިވާކަން ކޯޓުގެ ވެބްސައިޓުގައިވާ، މައްސަލަތަކުގެ ތާވަލުން އެނގެ އެވެ.