Roadha Mihaaru

އައިފޯން 7 ހަދަން ޚަރަދުވަނީ ކިހާ ފައިސާއެއް؟

21 ސެޕްޓެމްބަރ 2016

މިއީ "ޓިއާޑައުން" އާއި ޗިޕްވާކްސް" އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެޕަލްގެ އެންމެ ފަހުގެ ފޯނުގެ ޔުނިޓެއް ހަދަން ހޭދަވާނެ ފައިސާގެ އަންދާޒާއެކެވެ. "ސީއެންއެން މަނީ" އިން އެކުލަވާލާފައިިވާ މި ވީޑިއޯގައި ބުނާ ގޮތުން 128 ޖީބީގެ އައިފޯން 7 އެއްގެ ސްކްރީނެއް އެޕަލް އަށް 37 ޑޮލަރަށް ލިބެ އެވެ. ބެޓެރީއެއް ހަތަރު ޑޮލަރަށް، ކެމެރާއެއް 26 ޑޮލަރަށް، ލޮޖިކް ބޯޑް 74 ޑޮލަރަށް، ސްޕީކަރު 11.50 ޑޮލަރަށް، ކޭސިން 22 ޑޮލަރަށް އަދި އެހެން ބައިތައް 117.50 ޑޮލަރަށް ލިބޭނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެމެރިކާގައި އައިފޯން 7ގެ 128 ޖީބީގެ ފޯނެއްގެ ރީޓެއިލް އަގަކީ 749 ޑޮލަރެވެ. އެކަމަކު ފޯނު ހަދަން ހަރަދު ވަނީ 292 ޑޮލަރެވެ.