02 ނޮވެމްބަރ 2016
އައިފޯނެއް ކިތަންމެ ބޭނުންވިޔަސް އޭގެ އަގު ބޮޑުކަމުން ނުލިބިފައި ތިބި އެތައް ބަޔަކު އުޅެ އެވެ. އައިފޯނު ގަންނަން ކިޑްނީ ވިއްކި މީހުން ވެސް އުޅެ އެވެ. ޔުކްރެއިން ޒުވާނަކު އޭނާގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްގެން އޭގެ ފޯނެއް ހޯދައިފި އެވެ.
އައިފޯނެއް ކިތަންމެ ބޭނުންވިޔަސް އޭގެ އަގު ބޮޑުކަމުން ނުލިބިފައި ތިބި އެތައް ބަޔަކު އުޅެ އެވެ. އައިފޯނު ގަންނަން ކިޑްނީ ވިއްކި މީހުން ވެސް އުޅެ އެވެ. ޔުކްރެއިން ޒުވާނަކު އޭނާގެ ނަން "އައިފޯން 7" އަށް ބަދަލުކޮށްގެން އޭގެ ފޯނެއް ހޯދައިފި އެވެ.
ޔުކްރެއިންގައި އައިފޯން 7 ލިބެނީ 850 ޑޮލަރަށެވެ. މިއީ އުމުރުން 20 އަހަރުގެ އޮލެކްސަންޑާ ޓޫރިން އަށް ފޯރާ އަގެއް ނޫނެވެ. އެހެންވެ ނަން ބަދަލުކޮށްގެން ފޯނެއް ލިބޭނެ ގޮތެއް ހަމަޖެހުމުން ނަން ބަދަލުކޮށްލީ އެވެ.
އޭނާގެ ނަން ބަދަލުކުރީ "އައިފޯން ސިމް" އަށެވެ. ޔުކްރެއިން ބަހުން "ސިމް" އަކީ 7 އެވެ. ނަން ބަދަލުކުރުމަށް ހޭދަކުރަން ޖެހުނީ އެންމެ ދެ ޑޮލަރެވެ.
އޭނާ މިކަން ކޮށްފައި ވަނީ އިލެކްޓްރޯނިކްސް ފިހާރައެއްގެ ޕްރޮމޯޝަނެއްގައި، ނަން ބަދަލުކުރުމުން ފޯނު ލިބޭތީ އެވެ. މި ޕްރޮމޯޝަންގައި އެންމެ ފުރަތަމަ "އައިފޯން 7" އަށް ނަން ބަދަލުކުރާ ފަސް މީހަކަށް، ކޮންމެ މީހަކަށް އައިފޯން 7 ދޭނެ ކަމަށް އޮތީ އިއުލާނުކޮށްފަ އެވެ. ޓޫރިން ނޫން އެހެން މީހަކު މި ޕްރޮމޯޝަންގެ ދަށުން ނަން ބަދަލުކުރި ކަމަކަށް މީޑިއާގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.
މިހާރު "ސިމް" ގެ ނަމުން މުހާތަބުކުރާ ޒުވާނާ ބުނީ އޭނާ މިވަގުތަށް ބޭނުންކުރާނީ އާ ނަން ކަމަށާއި އެކަމަކު ދަރިން ލިބުމުން ފަހަރެއްގައި އަނެއްކާވެސް ނަން ބަދަލުކޮށްފާނެ ކަމަށެވެ.
"އައިފޯން 7" އަށް ނަން ބަދަލުކުރި ކަމަށް ރިޕޯޓްކޮށްފައި ވާއިރު މިދިޔަ ހަފުތާގައި ވަނީ ޗައިނާ އަންހެނަކު އޭނާގެ ކުރީގެ 20 ލޯބިވެރިން އަތުން 20 އައިފޯން ހޯދައިގެން ގެއެއް ގަތުމަށް ޑައުންޕޭމަންޓް ދައްކައިގެން މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.
އައިފޯން 7 އަށް ހެޑްފޯން ޖެކް އަނބުރާ ގެންނަނީ
އައިފޯން 7 ގައި ހެޑްފޯން ޖެކަށް ލޯވަޅެއް ނާޅާތި
އައިފޯން 7 ރާއްޖޭގައި ނެރެފި، ކިއޫ ވެސް ދަމާލައިފި
ހެޑްފޯން ޖެކް ޖެހި ތަނުގައި މިހާރު އޮތީ ކޯއްޗެއް؟
އައިފޯން ހޯދަން ތައިލެންޑުން ސިޑްނީއަށް، ނިދީ މަގުމަތީ
އައިފޯން 7 ގައި ހެޑްފޯން ޖެކް ނެތް ސަބަބު އެނގޭތަ؟
އައިފޯނު 7: ވަރުގަދަ ކެމެރާއެއް، ފެނެއް ނުވަންނާނެ
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
ސައިކަލު ވައިބްރޭޝަނުން އައިފޯނުގެ ކެމެރާ ހަލާކުވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟