Roadha Mihaaru
ހެޑްފޯން ޖެކް ޖެހި ތަނުގައި މިހާރު އޮތީ ކޯއްޗެއް؟

ހެޑްފޯން ޖެކް ޖެހި ތަނުގައި މިހާރު އޮތީ ކޯއްޗެއް؟

19 ސެޕްޓެމްބަރ 2016

އައިފޯން 7 ޑިޒައިންކޮށްފައި ހުރި ގޮތުން ފުލުގައި ދެ ސްޕީކަރު އިންނަހެން ހީވެ އެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯ ބަލަން "އައިފިކްސްއިޓް" އިން އާރޯތާނާ އައިފޯން 7 ރޫޅައި ކުދިކޮށްފި އެވެ. ދެ ސްޕީކަރެއް ނެތެވެ. ކުރިން ހެޑްފޯން ޖެކް ޖަހަން ހާއްސަކޮށްފައިވާ ދިމާލުގައި މިހާރު ޖެކް ޖަހާ ތަނެއް ނެތީ އިތުރު ސްޕީކަރަކަށް ޖާގަ ދޭން ކަމަށް ނުވަތަ ބެޓެރީ އަށް ބޮޑު ޖާގައެއް ދޭން ކަމަށް ވާހަކަ ދެކެވުނަސް އެތާކު އެއިން އެއްވެސް ކަމެއް ނެތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯން 7ގެ ފުލަށް ބަލައިލާށެވެ. ރޭޑިއޯ ޓީވީން އަޑު ނިކުންނަ ތަނުގައި، ސްޕީކަރު މަތީގައި އަޅާފައި އޮންނަ ކަހަލަ ދާގަނޑެއް ކަނާތް ފަރާތާއި ވާތް ފަރާތުގައިވެސް ވެސް އެބަ އޮތެވެ. އެކަމަކު ސްޕީކަރު އިންނަނީ ކަނާތް ފަރާތުގައި އެކަންޏެވެ. އަނެއް ފަރާތުގައި ދާގަނޑު އަޅާފައި އޮތުމުން ސްޕީކަރެއް އިންނަހެން ހީވަނީ އެވެ.

އައިފޯނު ރޫޅާލަން ނުކުރެނު މީހުން އެކްސްރޭ ނަގައިގެން ވެސް އެތެރެ ބެލި އެވެ. އެކަމަކު ހެޑްފޯން ޖެކް ކުރިން އިން ތަނުގައި އޮތީ ކޯއްޗެއްކަން ޔަގީނެއް ނުވި އެވެ. ފޯނު ރޫޅާލަން ކެރުނު މީހުންނަށް، އެނގުނީ ސްޕީކަރެއް ގޮތަށް ވާތްފަރާތުގައި ލޯވަޅު އަޅާފައި ހުރީ "ބެރޯމީޓާ" އަށް "ވައި ވަންނަ ގޮތް ހަދަން" ކަމެވެ. އެޕަލް އިން ބުނަނީ އެއީ އެއީ "ބެރޯމެޓްރިކް ވެންޓް" އެއް ކަމަށެވެ. ހުސް ޖާގައެކެވެ. އެކަމަކު މުހިންމު ޖާގައެކެވެ.

އައިފޯން 7 ގެ އެތެރޭގައި، ކުރިން ހެޑްފޯން ޖެކް ޖެހި ދިމާ މިހާރު އޮންނަ ގޮތް. -- ފޮޓޯ: އައިފިކްސްއިޓް

އައިފޯން 7 ގެ އެތެރޭގައި، ކުރިން ހެޑްފޯން ޖެކް ޖެހި ދިމާ މިހާރު އޮންނަ ގޮތް. -- ފޮޓޯ: އައިފިކްސްއިޓް

އެ ހުސް ޖާގަޔާ ދިމާލުގައި، ފެން ނުޖެހޭ ހިސާބުގައި އޮންނަނީ ބެރޯމީޓާ އެވެ. އެއީ ފޯނު އޮންނަ އުސްމިން ދެނެގަންނަން ބޭނުންކުރާ ސެންސާއެކެވެ. ސިޑިއަކުން ފަދަ ތަނަކުން މައްޗަށް އަރާއިރު ވެސް އައިފޯން 7 އިން އެކަން ވަރަށް ބަރާބަރަށް ދެނެގަންނާނެ ކަމަށް އެޕަލް އިން ބުނެފައި ވަނީ މިހެންވެ އެވެ. ފޯނަށް ފެން ނުވަންނަ ގޮތް ހެދުމުން ބަންދު ފޮށިިގަނޑަކަށްވެ ބެރޯމީޓާ އަށް ވާނުވާ ނޭނގިދާނެ ކަމަށް ބަލާފައި "ނޭވާލެވޭ ގޮތް" ހެދީ ކަމަށް ވެދާނެ އެވެ.

އެ ބުނާހާ މޮޅަށް ފެން ނުވަންނަ ފޯނަކަށް އައިފޯން 7 ހަަދަން ބޭނުން ވާ ނަމަ އަދި ވެސް ތޮރުފަންވީ ވިދު ތޯ ސުވާކު އުފެދޭ ނަމަ މި ލިބުނީ ޖަވާބެކެވެ. އެހާ ގިނަ ވިދާ އެކު އައިފޯން 7 ވޯޓާ ޕްރޫފްވުން އެއީ ބޮޑުވައި އިނގިލި ކޮޅަށް ޖަހާލަން ލިބޭ ޗާންސެކެވެ. އެކަމަކު ފޯނަށް ފެން ނުވަންނަ ގޮތް ހަދާފައި ހުރީ ވަރަށް އާދައިގެ ގޮތްތަކެއް ބޭނުންކޮށްގެންނެވެ. ފޯނުގެ ކަވަރުތައް ތެރަހަކާ އެކު ޖަހާފައި ހުރުމަކީ ވެސް އެއް ސަބަބެވެ. އެހެންވެ ފޯނު ރޫޅާލައި ރިޕެއާކުރުން ފަދަ ކަމެއް ކޮށްފި ނަމަ ފެން ނުވަންނާނެ ކަމުގެ ޔަގީންކަން ކުޑަ އެވެ.

ވާވޭ އޮނާ 7ގެ ފުލުގައި ދެ ސްޕީކަރު އިންނަހެން ހީވި ނަމަ ވެސް އެއީ ރީތިކުރަން ޖައްސާފައި ހުރި ސިފައެއް

ވާވޭ އޮނާ 7ގެ ފުލުގައި ދެ ސްޕީކަރު އިންނަހެން ހީވި ނަމަ ވެސް އެއީ ރީތިކުރަން ޖައްސާފައި ހުރި ސިފައެއް

ފޯނުގެ ފުލުގައި ދެ ސްޕީކަރު ނެތަސް ދެ ސްޕީކަރު އިންނަ ގޮތަށް ލޯވަޅު އެޅުމަކީ އެހެން ބައެއް ފޯނުތަކުގައި ކުރިން ކޮށްފައިވާ ކަމެކެވެ. މިސާލަކަށް "ވާވޭ އޮނާ 7" އަށް ބަލާށެވެ. ފޯނުގެ ފުލަށެވެ. އެ ތަނުގެ ތެރޭގައި ދެ ސްޕީކަރު އިންނަހެން ހީވެ އެވެ. ނެތަސް ހެވެވެ. އެ ޑިޒައިނާ އެކު "އޮނާ 7" ވަރަށް ހިތްގައިމެވެ. އޮނާ 7 ގައި ވެސް ދެ ސްޕީކަރު އިންނަހެން ހީވެ އެވެ.