Roadha Mihaaru

އައިފޯން 7 ގައި ހެޑްފޯން ޖެކަށް ލޯވަޅެއް ނާޅާތި

28 ސެޕްޓެމްބަރ 2016

އައިފޯން 7 ގެ އެންމެ ހާއްސަ ކަމަކީ އާދައިގެ ހެޑްފޯން ޖެކް ޖަހަން އިންނަ ޖާގަ ނެތުމެވެ. ވަޔަލެސް ހެޑްފޯނެއް އެޕަލް އިން ތައާރަފްކުރިޔަސް އެއްބަޔަކަށް މިކަން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އާ އައިފޯނަށް ވާގަނޑުލީ ހެޑްފޯން ޖަހަން ބޭނުން ނަމަ އިތުރު އެކްސަސަރީއެއް ބޭނުންވެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އައިފޯން 7 ގެ އެންމެ ހާއްސަ ކަމަކީ އާދައިގެ ހެޑްފޯން ޖެކް ޖަހަން އިންނަ ޖާގަ ނެތުމެވެ. ވަޔަލެސް ހެޑްފޯނެއް އެޕަލް އިން ތައާރަފްކުރިޔަސް އެއްބަޔަކަށް މިކަން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. އާ އައިފޯނަށް ވާގަނޑުލީ ހެޑްފޯން ޖަހަން ބޭނުން ނަމަ އިތުރު އެކްސަސަރީއެއް ބޭނުންވެ އެވެ.

މިކަމާ ގުޅުވައިގެން "ޓެކްރެކްސް" ކިޔާ ޔޫޒާއެއް ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގައި، އައިފޯން 7 ބޮޑުދައްޗެއްގައި ލުމަށް ފަހު، ބުރުމާއަކުން ފޯނުގައި ލޯވަޅެއް އަޅައި އެތަނަށް ހެޑްފޯން ޖެކް ޖަހަ އެވެ. މި ވީޑިއޯ ފެނިގެން ބައެއް މީހުން ވަނީ އެގޮތަށް ފޯނުގައި ލޯވަޅު އަޅައިފަ އެވެ. މިއީ މޮޔަ ކަމެކެވެ.

މިދިޔަ ހަފުތާގައި އާންމުކުރި މި ވީޑިއޯ މިހާރު ވަނީ 10 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.

ހެއްވާ ކަމަކީ ވީޑިއޯގައި ދައްކާ ގޮތަށް ފޯނުގައި ލޯވަޅެއް އަޅައިިގެން ހެޑްފޯން ޖެހިޔަސް މަސައްކަތް ނުކުރާނެކަން ވީޑިއޯ އިން ވެސް އެނގޭ އިރު ވެސް އެކަން އެތައް ބަޔަކު މިހާތަނަށް އަޖުމަ ބަލާފައި ވާތީ އެވެ. އެ މީހުންގެ ފޯނުތައް ވީ ހަލާކެވެ.

ވީޑިއޯ އަށް ކޮށްފައިވާ ބައެއް ކޮމެންޓްތަކުގައި، ވީޑިއޯގައި ބުނާ ފެންނަ ގޮތަށް ހެދުމުން ހެޑްފޯން ޖެހޭ ގޮތް ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ބައެެއް މީހުންގެ ފޯނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކަމަށް ވެސް ބުނެފައިވެ އެވެ.

އައިފޯން 7 އަށް ހެޑްފޯން ޖަހަން ބޭނުން ނަމަ އެކަމަށް ބޭނުންވާ އެޑެޕްޓާއެއް ހޯދާށެވެ. އޭރުން ހަމަ ކުރިއެކޭ އެއްގޮތަށް ވާގަނޑު ގުޅާލައިގެން އުޅެވޭނެ އެވެ. ލޯވަޅެއް އަޅަން ހިތަށް ވެސް ނާރުވާށެވެ.