02 އޯގަސްޓް 2019
ނާޓާސް ހޮލިޑޭ އެކްސްޕޯގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ނާޓާސް ހޮލިޑޭ އެކްސްޕޯގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި އެކްސްޕޯ ކުރިއަށް ދަނީ ސިންގަޕޫރުގައި މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހަށެވެ. ރާއްޖޭގެ ފަރާތުން އެކްސްޕޯގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އެމްއެމްޕީއާރްސީގެ އިތުރުން މި އެކްސްޕޯގައި ޓޫރިޒަމް ދާއިރާގެ ފަސް ކުންފުންޏަކުން ވެސް ބައިވެރިވި އެވެ.
މި އެކްސްޕޯގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒު ކޮށްދޭ ގޮތަށެވެ. އެތަނުން ދިވެހި ކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތާއި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ބަލައިލުމުގެ ފުރުސަތު ވަނީ ހަމަޖައްސާފަ އެވެ.
އެމްއެމްޕީއާރްސީން ބުނީ މިއީ ސިންގަޕޫރުގެ ޓޫރިޒަމް ދާއިރާގެ އިސް މީހުންނަށް ބަދަލުކޮށް ރާއްޖެ އެ ގައުމުގައި އިތުރަށް އިޝްތިހާރު ކުރުމަށް ލިބުނު ފުރުސަތެއް ކަމަަށެވެ.
ނާޓާސް ހޮލިޑޭ އެކްސްޕޯ ފެށުނީ 1987 ގަ އެވެ. މިއީ ސިންގަޕޫރާއި އާސިއާންގެ ގައުމުތަކުގެ ޓްރެވެލް އިންޑަސްޓްރީގައި މަގްބޫލު އެކްސްޕޯ އެކެވެ. އަހަރަކު ދެ ފަހަރު ބާއްވާ މި އެކްސްޕޯ އަށް ކޮންމެ އަހަރު ގާތްގަނޑަކަށް 2.4 މީހުން ޒިޔާރަތް ކުރެ އެވެ.
ސިންގަޕޫރުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރުގެ ފުރަތަމަ ހަ މަހު ވަނީ 17.7 ޕަސެންޓް އިތުރުވެފަ އެވެ. އިރުމަތީ އޭޝިއާގެ ގައުމުތަކަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ސަރަހައްދެވެ.
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު
ސީއެންއެންގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ
1.5 މިލިއަން ޓޫރިސްޓުން ހަމަވުމަކީ ބޮޑު ކާމިޔާބީއެއް
ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ ފަށައިފި
ރާއްޖެ އިޝްތިހާރުކުރާ ކޮތަޅު ހަދަން މުބާރާތެއް ބާއްވަނީ
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ