21 ޖުލައި 2019
ރިޔާޒް (ޖުލައި 21) - އެމެރިކާ ސިފައިން ސައުދީ އަރަބިއާގައި ތިބުމާއި ސައުދީގެ ވަސީލަތްތައް ބޭނުން ކުރުމަށް ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒް ހުއްދަ ދެއްވުމާ އެކު އެމެރިކާ ސިފައިން ސައުދީ އަށް ފޮނުވަން ޕެންޓަގަނުން ރުހުން ދީފި އެވެ.
ރިޔާޒް (ޖުލައި 21) - އެމެރިކާ ސިފައިން ސައުދީ އަރަބިއާގައި ތިބުމާއި ސައުދީގެ ވަސީލަތްތައް ބޭނުން ކުރުމަށް ރަސްގެފާން ސަލްމާން ބިލް އަބްދުލް އަޒީޒް ހުއްދަ ދެއްވުމާ އެކު އެމެރިކާ ސިފައިން ސައުދީ އަށް ފޮނުވަން ޕެންޓަގަނުން ރުހުން ދީފި އެވެ.
ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ އާއި ސައުދީއާ ދެމެދު އޮތް ގާތް ގުޅުމަށާއި މެދު އިރުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ދެ ގައުމުން އިސްކަން ދޭ މިންވަރަށް ބަލާއިރު އެމެރިކާ ސިފައިން ސައުދީގައި ތިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ރަސްގެފާން ނިންމަވާފައިވާ ކަމަށެވެ.
އެމެރިކާ ސިފައިންގެ އޮފިޝަލަކު ވިދާޅުވީ ސައުދީ އަށް 500 ސިފައިން ފޮނުވާނެ ކަމަށާއި އެއީ މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު އިތުރު ކުރަން ޕެންޓަގަނުން މިދިޔަ މަހު ނިންމި ޕްލޭނުގެ ދަށުން ފޮނުވާ ސިފައިން ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓުތައް މަތިންދާ ބޯޓުގެ އެހީގައި މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި އެ ކަނޑުއޮޅިން މިނިވަންކަމާ އެކު އުޅަނދުތައް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ ސިފައިން ސައުދީގައި ތިބެން ފެށީ 1991 ވަނަ އަހަރުގެ ގަލްފު ހަނގުރާމައިގެ ދުވަސްވަރުގަ އެވެ. އެ ފަހަރު ސައުދީ އަށް ދިޔަ އެމެރިކާ ސިފައިން އެ ގައުމުން ފޭބީ 12 އަހަރަށް ފަހު 2003 ގަ އެވެ. ސައުދީގެ ވެރިރަށް ރިޔާޒުގެ ދެކުނުން 80 ކިލޯ މީޓަރު ދުރުގައިވާ ޕްރިންސް ސުލްތާން ވައިގެ މަރުކަޒުގައި އެމެރިކާގެ މަތިންދާ ބޯޓެއް ވެސް ބޭއްވި އެވެ.
ގަލްފުގެ މަސްރަހު ހޫނުވެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ބޯޓެއް އީރާނުން ހުކުރު ދުވަަހު ހިފެހެއްޓުމާ ގުޅިގެންނެވެ.
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
އެމެރިކާ އިން ސައޫދީ އަށް ޕެޓްރިއޮޓް މިސައިލް ވިއްކަނީ
އިތުރު މިސައިލް ދިނުމަށް ސައޫދީން އެމެރިކާގައި އެދިއްޖެ
ޑްރޯން ހަމަލާ އަށް ފަހު އެމެރިކާ ސިފައިން ސައުދީ އަށް
ސައުދީ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އެއްބަސް
ޔަމަން ހަނގުރާމަ އަށް އެމެރިކާގެ އެހީ އިތުރުކޮށްފި