23 މާޗް 2018
ވޮޝިންޓަން (މާޗް 23) - ސައުދީ އަރަބިއާ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި އެވެ.
ވޮޝިންޓަން (މާޗް 23) - ސައުދީ އަރަބިއާ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި އެވެ.
ސައުދީ އަށް ވިއްކާ ހަތިޔާރު ޕެކޭޖުގައި ހިމެނެނީ 670 މިލިއަން ޑޮލަރުގެ އެންޓިި-މިސައިލް ޓޭންކާއި 106 މިލިއަން ޑޮލަރުގެ ހެލިކޮޕްޓާ މެއިންޓެނެންސް ކޮންޓްރެކްޓަކާއި 300 މިލިއަން ޑޮލަރުގެ މިލިޓަރީ ސްޕެއާ ޕާޓްސް އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސައުދީ އަށް ހަތިޔާރު ވިއްކާކަން ކޮންގްރެސް އަށް މިހާރު އަންގާފައިވާ ކަމަށެވެ.
ސައުދީ އަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ސްޓޭޓް ޑިޕާޓްމަންޓުން ދިން އިރު ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިހާރު އުޅުއްވަނީ ތިން ހަފުތާގެ ދަތުރުފުޅެއްގައި އެމެރިިކާ އަށް ވަޑައިގެންނެވެ. މިދިޔަ ބުދަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕްރިންސް މުހައްމަދާ ބައްދަލު ކުރައްވައިފަ އެވެ. ސައުދީ އަރަބިއާ އަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި އެ މުއްސަނދި ކަމުގެ ފައިދާ އެމެރިކާ އަށް ކުރާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ސައުދީ އެވެ. މިދިޔަ އަހަރު ކުރެއްވި އެ ދަތުރުގައި ވަނީ ސައުދީއާ އެކު 200 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އިން ސައުދީ އަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުން ވެސް ހިމެނެ އެވެ. ޓްރަމްޕް ވިދާޅުވީ ސައުދީ އަށް ހަތިޔާރު ވިއްކަން ގާއިމްކުރި އެއްބަސްވުމުގެ ސަބަބުން އެމެރިކާގައި 40،000 ވަޒީފާ އަލަށް އުފެއްދޭނެ ކަމަށެވެ.
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
އެމެރިކާގެ އާ ސްޓެލްތު ބޯޓު ދައްކާލައިފި