Roadha Mihaaru
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ

މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ

08 މެއި 2023

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާ މުއްދަތުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް، ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާ މުއްދަތުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް، ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ހަނގުރާމަ ހިނގަމުން ދަނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ދެ ލަޝްކަރުގެ މަންދޫބުންނާ އެކުގައި ސުލްހައިގެ ވާހަކަތައް ދައްކަމުން އަންނަނީ ސައޫދީ އަރަބިއްޔާ އިން އިސް ނަގައިގެން ސައޫދީގެ ޖިއްދާގަ އެވެ.

ސޫދާން ސަރުކާރުގެ ސިފައިންނާއި އާރްއެސްއެފްގެ ލަޝްކަރާ ދެމެދު ސުލްހައިގެ ވާހަތަކަތައް ފެށުމާ ބެހޭ ގޮތުން، ޖިއްދާގައި މަޝްވަރާތައް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. މި މަޝްވަރާތަކުގައި ބައިވެރިވާ ސައޫދީ ސަރުކާރުގެ މަންދޫބުންނާއި އެމެރިކާ ސަރުކާރުގެ މަންދޫބުން، ދެ ފަރާތުގެ ލަޝްކަރަށް ގޮވާލާފައިވަނީ، ހަނގުރާމައިގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވުމުގެ ގޮތުން، ހަމަލާތައް މެދުކަނޑައިލުމަށެވެ.

ހަނގުރާމައިގެ ސަބަބުން ސޫދާންގެ އާންމުންނަށް ލިބެމުންދާ ގެއްލުންތަކުން އެމީހުން ރައްކާތެރިކުރުމަކީ، ދެ ފަރާތުން ވެސް އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ދެ ލަޝްކަރުން ވެސް ގަބޫލުކުރާ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ. އަދި އާންމުން ރައްކާތެރިކުރުމުގެ ގޮތުންނާއި، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަމަލުކުރުމަށް ސައޫދީން ހުށަހަޅާފައިވާ އިޖުރާއާތުތައް، ދެ ލަޝްކަރުގެ ފަރާތުން މިހާރު އަންނަނީ މުރާޖައާ ކުރަމުންނެވެ.

އެޕްރީލް 15، 2023 ން ފެށިގެން ސޫދާންގައި ހަނގުރާމަ ކުރަމުންދާ ދެ ލަޝްކަރުން އެއްބަސްވެފައިވަނީ، މެއި 4، 2023 އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށެވެ. ސޫދާންގައި ހަނގުރާމަ ކުރާ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފަ އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ހަނގުރާމަ ހިނގަމުން ދަނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ.

ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން، އެޕްރީލް 15، 2023 ގައި ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.