01 ޖޫން 2023
ސޫދާންގެ ސިފައިންނާއި ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދު މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވަމުން އައި މަޝްވަރާތަކުން ސޫދާން ސިފައިން ވަކިވެއްޖެ އެވެ.
ސޫދާންގެ ސިފައިންނާއި ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދު މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވަމުން އައި މަޝްވަރާތަކުން ސޫދާން ސިފައިން ވަކިވެއްޖެ އެވެ.
ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން ދެ ފަރާތުގެ މަންދޫބުންގެ މެދުގައި ކުރަމުން އައި މަޝްވަރާތަކުން ވަކިވިކަން ހާމަކޮށް ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަޝްވަރާތަކުން ވަކިވާން ޖެހުނީ، ހަމަލާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް އާރްއެސްއެފުން އިހްތިރާމް ނުކުރާތީ އެވެ. މަޝްވަރާތަކުން ވަކިވިކަން އިއުލާންކުރުމާ އެކު، ސަރުކާރު ސިފައިންގެ މަތިންދާބޯޓުތަކުން ވަނީ، ވެރިރަށް ޚަރްތޫމުގައި ހުންނަ އާރްއެސްއެފް ލަޝްކަރުގެ މަރުކަޒުތަކަށް ވައިގެ މަގުން ހަމަލާ ދޭން ފަށައިފަ އެވެ.
އެއާ އެކު އާރްއެސްއެފްގެ ލަޝްކަރުން، ސަރުކާރު ސިފައިންގެ މަތިންދާބޯޓުތަކަށް އަމާޒުކޮށް މެޝިން ބަޑިން ހަމަލާ ދޭން ފެށި އެވެ. ސަރުކާރު ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް، އާރްއެސްއެފް ލަޝްކަރުގެ މަރުކަޒެއްގެ ކައިރީގައި ހުރި މާރުކޭޓަކަށް އަމާޒުވުމުގެ ސަބަބުން، އާންމުންގެ 80 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
ދެ ފަރާތުގައި ސުލްހައިގެ ވާހަކަތައް ދެއްކުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ސައޫދީ އަރަބިއްޔާ އާއި އެމެރިކާ އިން ބުނި ގޮތުގައި، ދެ ފަރާތުން ވެސް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފުވެފަ އެވެ. އަދި މީގެ ފަހުން ދެފަރާތް ސުލްހަކުރުމަށް އެއްވެސް މަސައްކަތެއް ކުރާނީ، ސުލްހަ ގާއިމުކުރުމުގެ ހެޔޮ ނިޔަތް ދެ ފަރާތުގައި ވެސް އޮތް ކަން ސާބިތުވުމުން ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.
އެމެރިކާ އިން ބުނި ގޮތުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހެޔޮ ނިޔަތް އޮތްކަމަށް ބެލެވޭނީ، މިހާރު ދެ ފަރާތުގެ މެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުމާ މެދު ދެ ފަރާތުން އަމަލުކުރަމުންދާ ގޮތަކުންނެވެ.
ދެ ފަރާތުގެ މެދުގައި އަލުން ހަމަލާތައް ބަދަލުކުރަން މި ފެށީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެ ހަފުތާއެއްގެ މުއްދަތަށް އެކަން ތަންފީޒުކުރުމަށް ފަހު، އިތުރު ފަސް ދުވަހަށް އެ އެއްބަސްވުން ދަމަހައްޓަން ނިންމުމަށް ފަހު އެވެ.
ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ހުއްޓުވޭތޯ ދެ ލަޝްކަރުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފަށައިގެން މިހާރު ކުރިއަށް ގެންދަނީ، ސައޫދީ އަރަބިއްޔާ އާއި އެމެރިކާ ސަރުކާރު އިސްނަގައިގެން، ސައޫދީގެ ޖިއްދާގަ އެވެ.
ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
ސޫދާން: ހަމަލާތައް 72 ގަޑިއިރަށް މެދުކަނޑާލައިފި
ސޫދާންގެ ސިއްހީ މަރުކަޒުތައް ފަޅުވަނީ
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
ސޫދާންގައި ހަމަލާތައް ވަރުގަދަ ވަނީ
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
ސޫދާނުން 800000 ރެފިއުޖީން ނުކުންނާނެ: އދ