28 މާޗް 2017
ވޮޝިންޓަން - ޔަމަންގައި އުފެދިގެން އުޅޭ ދާޚިލީ ހަނގުރާމައިގައި، އިދިކޮޅު ޝީއީ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީން އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރަށް އެމެރިކާ އިން ދޭ އަސްކަރީ އެހީ އިތުރު ކޮށްފި އެވެ.
ވޮޝިންޓަން - ޔަމަންގައި އުފެދިގެން އުޅޭ ދާޚިލީ ހަނގުރާމައިގައި، އިދިކޮޅު ޝީއީ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީން އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރަށް އެމެރިކާ އިން ދޭ އަސްކަރީ އެހީ އިތުރު ކޮށްފި އެވެ.
އެމެރިކާ އާއި އަރަބި އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔަމަންގެ ހަނގުރާމަ އަށް އެމެރިކާ އިން އިތުރަށް ދޭ އެހީތަކުގެ ތެރޭގައި މިހާރަށް ވުރެ ގިނަ ޖާސޫސީ މައުލޫމާތާއި ލޮޖިސްޓިކް އެހީތެރިކަން ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް އަށް ދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސެޓެލައިޓްގެ އެހީގައި އަމާޒަށް ވާސިލުވުމުގެ ގާބިލްކަން ލިބިގެންވާ މިސައިލް އަލުން ސައޫދީ އަށް ވިއްކަން ފެށުމަށް ވެސް ޓްރަމްޕުގެ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެ މިސައިލްތައް ސައޫދީ އަށް ވިއްކުން، އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މެދުކަނޑައިލީ، ހޫތީންނާ ދެކޮޅަށް ސައޫދީން ދޭ ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުންތައް އިތުރުވަމުންދާ ކަމުގެ ރިޕޯޓްތައް އާންމުވުމާ ގުޅިގެންނެވެ.
ޔަމަންގައި ހަރަކާތްތެރިވާ ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާން، ސައޫދީ އަރަބިއްޔާގެ ޖެނެރަލް އަހްމަދުލް އާސިރީ ވިދާޅުވީ އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އާއި ސައޫދީން މީގެ ކުރިން ވެސް އޮތީ އެއްބަސްވެފަ އެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔަމަންގައި އުޅޭ އަލްގާއިދާ ޖަމާއަތާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ކުރާ ހަނގުރާމައިގައި އެހީތެރިވެދިނުމަކީ އެމެރިކާ އަބަދު ވެސް ބޭނުންވާ ކަމެކެވެ. އެއީ އެ ޖަމާއަތަކީ އެމެރިކާގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް އެމެރިކާ ދެކޭތީ އެވެ. ޔަމަންގައި ފެށިފައިވާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 15،000 އާންމުން މަރުވެފައިވެ އެވެ. ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ ހޫތީންނަށް މައިގަނޑު ގޮތެއްގައި އެހީތެރިވެދެނީ އީރާނެވެ. ޔަމަން އޮންނަނީ ސައޫދީއާ އިންވެގެން ކަމަށްވާތީ، ޔަމަންގައި ޝީއީންގެ ބާރު ގަދަވުމަކީ ސައޫދީގެ ދާޚިލީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝީއީންގެ ބާރު ނައްތައިލުމަށް ސައޫދީ އެ ހަނގުރާމައިގެ ތެރެއަށް ވަނީ އެވެ.
ޝީއީ ހޫތީންގެ ހަމަލާތައް ވަރުގަދަ ކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ވަނީ ވެރިރަށް ސަންއާގެ ވެސް ބޮޑު ބައެއް ހިފައިފަ އެވެ. އެހެންކަމުން ރައީސް އަބްދު ރައްބޫ މަންސޫރު ގައުމު ދޫކުރައްވައި ސައޫދީ އަށް ވަޑައިގަތެވެ.
އޭގެ ފަހުން ސައޫދީން އިސްވެ އުފެއްދި އަރަބި ލަޝްކަރުގެ ހަމަލާތަކުގައި ހޫތީން ބަލިކޮށް ވެރިރަށް ސަންއާ ހިފުމަށް ފަހު ޔަމަންގެ ރައީސް މިހާރު ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
އެމެރިކާ އިން ސައޫދީ އަށް ޕެޓްރިއޮޓް މިސައިލް ވިއްކަނީ
ސައޫދީން ރޯދަ އަށް ހަނގުރާމަ މެދުކަނޑާލައިފި
ހޫތީންގެ ޑްރޯން ހަމަލާތަކެއް އެމިރޭޓްސް އަށް