03 އޯގަސްޓް 2022
މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލް ގަތުމަށް ސައޫދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ ހުށަހެޅުން، އެމެރިކާ ސަރުކާރުން ތަސްދީގުކޮށް އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލް ގަތުމަށް ސައޫދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ ހުށަހެޅުން، އެމެރިކާ ސަރުކާރުން ތަސްދީގުކޮށް އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ސައޫދީ އަރަބިއްޔާ އިން ޕެޓްރިއޮޓް މިސައިލްތަކެއް ގަންނަން ބޭނުންވީ، ޔަމަންގައި ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިން ސައޫދީގެ އެކި ސަރަހައްދުތަކަށް ފޮނުވާ މިސައިލް ހަމަލާތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވައި ފަނާކޮށްލުމުގެ ބޭނުމުގަ އެވެ. ސައޫދީ ސަރުކާރުން މި ވިޔަފާރި އެމެރިކާ ސަރުކާރަށް ހުށަހެޅީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ސައޫދީ ސަރުކާރުން އެތައް ފަހަރަކު އެދުމުން ވެސް އެމެރިކާ ސަރުކާރުން ވަކި ޖަވާބެއް ނުދީ އޮތުމަށް ފަހު، ކުއްލި ގޮތަކަށް މި ވިޔަފާރި ކުރިއަށް ގެންދިއުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނިންމީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ އަރަބިއްޔާ އަށް ޒިޔާރަތް ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ބައިޑެންގެ ސައޫދީ ދަތުރުގައި، ސައޫދީގެ އިސް ވެރިންނާ އެކު އެންމެ ބޮޑަށް ވާހަކަ ދެއްކެވީ، ސައޫދީގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށެވެ.
އެމެރިކާ އިން މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ގަލްފުގެ ގައުމުތަކުން އިތުރު ތެޔޮ އުފައްދައި ބާޒާރަށް ތެޔޮ ނެރޭ މިންވަރު އިތުރު ކުރުމަށެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފަ އެވެ.
އެކަމުގެ ސަބަބުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފަ އެވެ. ބެލެވޭ ގޮތުގައި ސައޫދީ އަރަބިއްޔާ އިން ހުށަހެޅި ގޮތަށް ޕެޓްރޮއިޓް މިސައިލް އެ ގައުމަށް ވިއްކުމަށް އެމެރިކާ އިން މި ނިންމީ، އެމެރިކާ އިން އެދުނު މިންވަރަށް އިތުރު ތެޔޮ އުފައްދާނެ ކަމަށް ސައޫދީން އެއްބަސްވުމުންނެވެ.
މި ވިޔަފާރީގެ ދަށުން، ޕެޓްރިއޮޓް މިސައިލް އާއި އެމިސައިލް ނިޒާމުތަކާ ގުޅޭ އެހެން އާލާތްތައް ގަތުމަށް، ސައޫދީން ފަސް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ހަމަލާތައް މެދުކަނޑާލަން އެއްބަސްވެ ހަނގުރާމަ ކުރިއަށް
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
އިތުރު މިސައިލް ދިނުމަށް ސައޫދީން އެމެރިކާގައި އެދިއްޖެ
ޑްރޯން ހަމަލާ އަށް ފަހު އެމެރިކާ ސިފައިން ސައުދީ އަށް
އެމެރިކާ ސިފައިން ސައުދީގައި ތިބެން ހުއްދަ ދީފި
ސައުދީ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އެއްބަސް
ޔަމަން ހަނގުރާމަ އަށް އެމެރިކާގެ އެހީ އިތުރުކޮށްފި