Roadha Mihaaru
ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

ތިލްމީޒާ ސަފީރުކަމުގެ ފަތްކޮޅު ޓްރަމްޕަށް އަރުވައިފި

09 ޖުލައި 2019

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، ސަފީރު ކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި އެވެ.

އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސެއިން، ސަފީރު ކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ކުރެއްވި ޓްވީޓެއްގައި ތިލްމީޒާ ވަނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ރާއްޖެއާ މެދު އެމެރިކާ އިން ބާއްވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ އޭޕްރީލް މަހު ސަފީރު ކަމަށް އައްޔަންކުރެއްވި ތިލްމީޒާ، ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމު ވެސް އަދާކުރެއްވި އެވެ.

މީގެ ކުރިން އޭނާ ވަނީ އދ. ގެ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިއުޓީ އެމްބެސެޑަރުކަން ވެސް ކުރައްވައިފަ އެވެ.