Roadha Mihaaru
ފްރަންޓްލައިން ސްޓާފުންނަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފި

ފްރަންޓް ލައިން މުވައްޒަފުންނަށް ބޭނުންވާ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި

04 ޖޫން 2021

ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ފްރަންޓް ލަައިން މުވައްޒަފުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސަމާނު އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ފްރަންޓް ލަައިން މުވައްޒަފުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސަމާނު އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އިން ކުރިން ވެސް ވަނީ ފްރަންޓް ލައިން މުވައްޒަފުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފަ އެވެ. އަދި އެމެރިކާއިން އެންމެ ފުރަތަމަ ހިލޭ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމަނާފައިވާ ކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

އެމެރިކާ އިން މިފަހަރު ހަދިޔާކުރީ ފްރަންޓް ލައިން މުވައްޒަފުންނަށް ބޭނުންވާނެ 292،000 ސާމާނެވެ. އަދި 600 ޕަލްސް އޮކްސިމީޓާ ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ފްރަންޓް ލައިން މުވައްޒަފުންގެ ސާމާނުގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ވެންޓިލޭޓަރު ވެސް އެމެރިކާއިން ކުރިން އޮތީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.