Roadha Mihaaru
މުއިއްޒު ހުވާ ކުރައްވާ ހަފްލާއަށް ބައިޑެންގެ ވަފުދެއް

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ބައިޑެންގެ ހާއްސަ ވަފުދެއް

15 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން ހާއްސަ ވަފުދެއް ފޮނުވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން ހާއްސަ ވަފުދެއް ފޮނުވަން ނިންމައިފި އެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ބާއްވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވާން ބައެއް ގައުމުތަކަށް ވަނީ ދައުވަތު ދީފަ އެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނިގޮތުގައި ބައިޑެންގެ ފަރާތުން އެ ރަސްމިއްޔާތަށް ފޮނުއްވާ ވައުދުގައި ހިމެނެނީ ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ސީނިއާ ޑައިރެކްޓަރު ސާރާ ލެޑިސްލޯ އާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުގޯ ޔޮން އެވެ. އެ ވައުދުގެ އިސް ބޭފުޅަކީ ސަމަންތާ ކަމަށް ވައިޓްހައުސްއިން ބުންޏެވެ.

އެމެރިކާގެ އިތުރުން ޗައިނާގެ އިސް ބޭފުޅަކު ވެސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާގެ ވަޒީރަކު ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ގައުމުތަކުގެ ވެރިންގެ ތެރެއިން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.