28 ޖޫން 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމުގައި ނިމުނު ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި (ސިޑްސް4) ގައި އެއްބަސްވެވުނު ކަންތައްތައް ވީ އެންމެ އަވަހަކަށް ތަންފީޒުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ކުދި ގައުމުތަކުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ގުޓެރޭސް ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ގުޓެރޭސް ވަނީ މޫސުމީ ބަދަލުތަކުގެ އަސަރާ ދެކޮޅަށް ކްލައިމެޓް ފައިނޭންސިން ކުދި ޖަޒީރާ ގައުމުތަކަށް ހޯދައި ދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން އިސްވެ ކުރަމުންދާ ވަކާލާތު ފާހަގަކުރައްވައި، އެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.
Minister @MoosaZameer had the opportunity to join the Maldivian community in New York and New Jersey for evening tea, today.
— Ministry of Foreign Affairs ?? (@MoFAmv) June 28, 2024
Minister ensured that efforts to maintain and enhance the consular services provided through @PMNY is of high priority. pic.twitter.com/6M6X7lXljP
ނިއު ޔޯކަށް ކުރައްވާ މި ދަތުރުގައި ޒަމީރު މިއަދު ވަނީ އދ.ގެ ބައެއް އިސްވެރިންނާއި ސަފީރުންގެ އިތުރުން އެ ސިޓީ އާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އަދި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައި، އެ ކަމުގެ މަޝްވަރާތަކާއި މައުލޫމާތުތައް ކުރައްވައިފަ އެވެ.
Minister @MoosaZameer hosted a working lunch for tour operators and travel advisors based in New York, today.
— Ministry of Foreign Affairs ?? (@MoFAmv) June 28, 2024
He provided an overview of the Maldivian tourism industry and stressed on the importance of promoting Maldives tourism in the US market. pic.twitter.com/EErqIgfbTF
މިދިޔަ ހޯމަ ދުވަހު އެމެރިކާ އަށް ފެއްޓެވި ދަތުރުގައި ޒަމީރު ފުރަތަމަ ވަޑައިގަތީ ވޮޝިންގްޓަނަށެވެ. ވޮޝިންގްޓަންގައި ޒަމީރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާއި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ގެ އިތުރުން އެމެރިކާ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައިފި
ޒަމީރު ރަސްމީ ދަތުރެއްގައި އެމެރިކާ އަށް