01 ޖުލައި 2019
އަންނަ އަހަރު ހިއްސާދާރުންނަށް ފައިދާ ބަހަން ލިބޭ ވަރަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑައިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ހިއްސާދާރުންނަށް ފައިދާ ބަހަން ލިބޭ ވަރަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑައިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ތަޒްމީލް" މިހާރު" އަށް ވިދާޅުވީ އެމްޓީޑީސީގެ ހިއްސާގެ ފައިދާ ނުބަހާތާ އަށް އަހަރު ފަހުން ކުންފުނީގެ ހާލަތު ރަނގަޅުވާން ފަށާފައިވަނީ ސަރުކާރުގެ އެއްބާރުލުން މިހާރު އެކަށީގެންވާ ގޮތެއްގައި ލިބޭތީ ކަމަށެވެ.
"އެމްޓީޑީސީގެ ހާލަތު ރަނގަޅުކުރަން ސަރުކާރުގެ އެއްބާރުލުން އަންނަނީ ވަރަށް ބޮޑަށް ލިބެމުން. އެގޮތުން ކުންފުނީގެ ދަރަނި އަދާ ކުރުމަށް ފިނޭންސް މިނިސްޓަރު އެބަ ގޮތްތަކެއް ހޯއްދަވާ،" އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.8 މިލިއަން ޑޮލަރެވެ. ތަޒްމީލް ވިދާޅުވީ އަންނަ އަހަރު އެއަށް ވުރެ މާ ބޮޑުތަނުން ފައިދާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޓީޑީސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައިވާ ހދ. ނާގޯށީގެ މަސައްކަތް ވެސް އަލުން ފަށައި، އެ މަސައްކަތް ވެސް ވަރަށް އަވަށް ނިމޭނެ އެވެ. އެރަށް ޓޫރިޒަމްގެ ބާޒާރަށް ނެރެވުމަކީ ވެސް އޭނާ ވިދާޅުވި ގޮތުން ކުންފުނީގެ ހާލަތު ރަނގަޅުވާނެ ކަމެކެވެ.
ތަޒްމީލް ވިދާޅުވީ އެމްޓީޑީސީ އަށް ދައުލަތުން ލިބެންޖެހޭ ރަށްތަކާއި ބިންތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދާ ކަމަށާއި އެކަމުގައި ޓޫރިޒަމް މިނިސްްޓަރުގެ އެހީތެރިކަން ލިބޭ ކަމަށެެވެ.
އެމްޓީޑީސީން އަމިއްލަ އަށް ހިންގާ އެއްވެސް ރިސޯޓެއް މިވަގުތަކު ނެތެވެ. އެ ކުންފުންޏަށް ލިބިފައިވާ ދެ ރަށް ހިންގަނީ ބޭރުގެ ކުންފުނިތަކުންނެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ރޭ ވަނީ ބާއްވައިފަ އެވެ. ނިމުނު އަހަރުގެ ސާފު ފައިދާ ހިއްސާދާރުންނަށް ނުބަހަން އެ ޖަލްސާ އިން ނިންމި އެވެ.
"އެގޮތަށް ނިންމީ އާއްމު ހިއްސާދާރުން ވެސް އެގޮތަށް ވޯޓު ދީގެން. އެ ބޭފުޅުން ވެސް ގަބޫލުކުރެއްވި ބޮޑެތި ދަރަނިތައް ހުރުމުން ކުންފުނީގެ ރިޓެއިނަބުލް ކެޕިޓަލް ޕޮޒިޓިވް ވެގެންކަން [ކުންފުނި ދެމެެހެއްޓެނިވި ގޮތެއްގައި ހިންގޭ ވަރަށް ރައުސްމާލް ހުރެގެން ކަން] ފައިދާ ހޯދޭނީ،" ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ވަނީ އާއްމު ހިއްސާ ދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް އައްޔަންކުރާ ފަސް މެމްބަރުން ހޮވައިފަ އެވެ. އޭގެ އިތުރުން ކުންފުނީގެ އޮޑިޓް ރިޕޯޓް ފާސްކުރުމާއި އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައި އޮޑިޓް ފާމެއް ހަމަޖެއްސުން ވެސް އެ ޖަލްސާގައި އޮތެވެ. އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަަހަރީ ރިޕޯޓްގައިވާ ގޮތުން އެ ކުންފުނީގެ އާމްދަނީ އަކީ 4.58 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2017 ވަނަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 3.2 ޕަސެންޓް އިތުރު އަދަދެކެވެ. އެކުންފުންޏަށް 2017 ވަނަ އަހަރު ލިބުނީ 4.43 މިލިޔަން ޑޮލަރެވެ.
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް
އެމްޓީޑީސީ އަށް 11.6 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި
އެމްޓީޑީސީގެ ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ
ނާގޯށި އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ
އެމްޓީޑީސީގެ އާ ލޯގޯ ތައާރަފްކޮށްފި
ތަޒްމީލްގެ މަސައްކަތާއެކު، އެމްޓީޑީސީ ހިންދެމިލަނީ!
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ