30 މެއި 2023
އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.
މިރޭ މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައި ވަނީ އެ ކުންފުނީގެ ހިއްސާރުންގެ ތާއީދާ އެކު އެވެ.
އެމްޓީޑީސީން މިދިޔަ އަހަރު ވެސް ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 60 ލާރީގެ މަގުންނެވެ.
ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.
އޭމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ވިޔަސް އެ ކުންފުނީގެ ފައިދާ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 2.9 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) އެވެ. އެމްޓީޑީސީ އަށް 2021 ވަނަ އަހަރު 10.2 މިލިއަން ޑޮލަރު (157 މިލިއަން ރުފިޔާ) ފައިދާވި އެވެ. އެހެންވެ މިއީ ކުރީ އަހަރާ އަޅާބަލާއިރު 80 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްޓީޑީސީގެ އެމްޑީ ތަޒްމީލް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްޑީޓީސީ އަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ. އެމްޓީޑީސީ އަށް އާމްދަނީ ލިބެނީ ޓޫރިޒަމްގެ ބޭނުންތަކަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެންނެވެ.
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ. އެހާ ބޮޑަށް ކުންފުނި އަޑިއަޅައިލީ އޭރު ހިންގަން ފެށި ބައެއް މަޝްރޫއުތައް މަޑުޖެހި، ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ގެއްލުމުންނެވެ.
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ
އެމްޓީޑީސީގެ ހިއްސާއަކަށް60 ލާރި، ޖުމުލަ 28މިލިއަން
އެމްޓީޑީސީން ހިއްސާއަކަށް 50 ލާރި ބަހަނީ
11 އަހަރަށް ފަހު އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަނީ
އެމްޓީޑީސީ އިން ހުޅުމާލެ 2 ގައި ސިޓީ ހޮޓަލެއް އަޅަނީ
ނުހެދި 17 އަހަރުވީ ނާގޯށީގެ އަމަލީ މަސައްކަތް ފަށަނީ
އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރި ބަހަނީ
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް
އެމްޓީޑީސީގެ ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ