އެމްޓީޑީސީން 35 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ހޭދަކޮށްގެން މާލެއާ ކައިރި ސަރަހައްދަކުން ރިސޯޓެއް ތަރައްގީކުރަން ނިންމައި، ރަށެއް ހޯދަން ފަށައިފި އެވެ.
09 ފެބުރުއަރީ 2023
އެމްޓީޑީސީން 35 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ހޭދަކޮށްގެން މާލެއާ ކައިރި ސަރަހައްދަކުން ރިސޯޓެއް ތަރައްގީކުރަން ނިންމައި، ރަށެއް ހޯދަން ފަށައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު ވިދާޅުވީ، ރިސޯޓެއް ހެދުމަށް އެ ކުންފުނިން ބޭނުން ވަނީ ސީޕްލޭނުން 20 މިނެޓުން ދެވޭ ދުރުމިނުގައި ކަމަށެވެ. އެގޮތުން އެ ކުންފުނިން އެންމެ ބޮޑަށް އިސްކަން ދެނީ އއ، އދ، މ. އަދި ޅ. އަތޮޅުން ރަށެއް ލިބޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްޓީޑީސީން އަމިއްލަ އަށް ހިންގާ ރިސޯޓެއް ތަަރައްގީ ކުރުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. އަދި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. ރިސޯޓު ހަދަން ބޭނުންވާ ފައިނޭންސް ވެސް އެ ކުންފުންޏަށް މި ވަގުތު ހޯދޭނެ ކަމަށާއި އެ ރިސޯޓު ތަރައްގީ ކުރަން ޕްލޭންކޮށްފައި ވަނީ ބޭންކް ލޯނެއް ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު ރޭ ބޭއްވި ޖަލްސާގައި: އެ ކުންފުނިން ވަނީ 15 ވަނަ އަހަރީ ދުވަސް އިއްޔެ ވަނީ ފާހަގަކޮށްފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ވިދާޅުވީ، ރަށެއް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު އެ ރަށުގައި 230 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާ ކަމަށެވެ. ރަށެއް ކަނޑައެޅުމުގައި، އެ ކުންފުނިން އެކުލަވާލި ޕްލޭނާ އެއްގޮތަށް ރަށެއް ތަރައްގީ ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ރައްތައް އަޅުގަނޑުމެންނަށް ސެލެކްޓް ވެސް ކުރެވިފައިވަނީ. މަޝްވަރާކޮށްފައި އެންމެ ރަނގަޅު ރިސޯޓު ހެދޭނެ ރަށެއް ބަލާ ފައިނަލް ކުރުމުގެ މަސައްކަތް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.
ރަށެއް ކަނޑައެޅުމުގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައިވާ ރަށްތައް ވެސް ބަލާނެ ކަމަށާއި އަދި އަމިއްލަ ފަރާތްތަކުން ނަގާފައިވާ، އެކި ސަބަބުތަކާ ހުރެ ނުހެދި ހުރި ރަށްރަށް ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ހިސާބުގައި އެ ރަށް ފައިނަލްކޮށް، އިއުލާނު ކުރެވޭ ވަރުވާނެ ކަމަށް ތަޒްމީލު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ރިސޯޓު ތަރައްގީ ކުރަން އެ ކުންފުނިން ނިންމި އިރު ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
އެމްޓީޑީސީ އަކީ ސަރުކާރުގެ 47 ޕަސެންޓް އަދި އާންމު ހިއްސާދާރުންގެ 53 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. އެ ކުންފުނީގައި އާންމުންގެ ހިއްސާދާރުންގެ ގޮތުގައި 24،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެހެންވެ، އެ ކުންފުނީގެ ފައިދާ ބޮޑަށް ލިބޭނީ އާންމު ހިއްސާދާރުންނަށެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ހަލާލު ޓޫރިޒަމަށް 6 ރަށެއް، އަގުތައް މިލިއަނުން ތިރި
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"