10 ޖޫން 2022
އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަން ރޭ ފާސްކޮށްފި އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 28 މިލިއަން ރުފިޔާ ބަހަން ރޭ ފާސްކޮށްފި އެވެ.
މީރުމާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހިއްސާދާރުންގެ ތާއީދާއެކު އެވެ.
ރޭގެ ޖަލްސާގައި އެމްޓީޑީސީގެ 18،000 ހިއްސާދާރުން ބައިވެރިވި އެވެ.
މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރީ އެ ކުންފުނިން ހިއްސާއަކަށް 50 ލާރި ބެހުމަށެވެ. އެއީ 11 އަހަރަށް ފަހު އެމްޓީޑީސީގެ ހިއްސާގެ ފައިދާ ބަހަން ފެށި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު އެެ ކުންފުންޏަށް 211 މިލިއަން ރުފިޔާގެ ފައިދާއެއް ވި އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ. އެހާ ބޮޑަށް ފައިދާ އިތުރުވީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.
ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބައެއް ހިއްސާދާރުން ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ. އެހާ ބޮޑަށް ކުންފުނި އަޑިއަޅައިލީ އޭރު ހިންގަން ފެށި ބައެއް މަޝްރޫއުތައް މަޑުޖެހި، ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ގެއްލުމުންނެވެ.
އެމްޓީޑީސީ އަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ދެ ރިސޯޓެއްގެ ކުލިންނެވެ. އެއީ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.
ރޭގެ ޖަލްސާގައި ބައެއް ހިއްސާދާރުންގެ ސުވާލު އެމްޓީޑީސީގެ ބޯޑަށް އަމާޒުކުރި އެއް މައްސަލައަކީ އެ ކުންފުނީގެ ހިއްސާގެ ފައިދާ މަތި ނުވާތީ އެވެ. އަދި މިދިޔަ އަހަރު ބޮޑު ފައިދާއެއް ކުންފުންޏަށް ލިބުނު އިރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާ ވަރު އެހާ ބޮޑު ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރި އެވެ.
ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) ބޯޑު މެމްބަރު ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭގެ ޖަވާބުގައި މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ބޭނުންވަނީ ލިބޭ ފައިދާ އިން ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ފަހިކޮށް، ދިގު މުއްދަތުގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭނެ ގޮތްތައް ފަހި ކުރަން ކަމަށެވެ.
"ބޭނުންވަނީ ހިއްސާދާރުންނަށް ކޮންމެ އަހަރަކު ފައިދާ ބެހޭނެ ގޮތްތައް ފަހިކުރަން. އެކަމަށްޓަކައި އަޅުގަނޑުމެން މި އަންނަނީ އިތުރު ޕްރޮޕަޓީތައް އިތުރުކުރުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެފަ އެވެ. އެ އޮފީސް އިމާރާތާއެކު އެމްޓީޑީސީގެ ހިންގުމުގެ ހަރަދު ކުޑަކުރެވި، އެ ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިވާނެ ކަމށް ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ
އެމްޓީޑީސީން ހިއްސާއަކަށް 50 ލާރި ބަހަނީ
11 އަހަރަށް ފަހު އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަނީ
އެމްޓީޑީސީ އިން ހުޅުމާލެ 2 ގައި ސިޓީ ހޮޓަލެއް އަޅަނީ
ނުހެދި 17 އަހަރުވީ ނާގޯށީގެ އަމަލީ މަސައްކަތް ފަށަނީ
އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރި ބަހަނީ
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް
އެމްޓީޑީސީގެ ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ