29 އޯގަސްޓް 2020
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން 11 އަހަރަށް ފަހު، ހިއްސާގެ ފައިދާ ބަހަން މިރޭ ފާސްކޮށްފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން 11 އަހަރަށް ފަހު، ހިއްސާގެ ފައިދާ ބަހަން މިރޭ ފާސްކޮށްފި އެވެ.
މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ ފަހި ވޯޓު ޕޯޓަލް މެދުވެރިކޮށް، އެ ކުންފުނިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 50 ލާރި ބަހަން ވަނީ ފާސްކޮށްފަ އެވެ. އެއީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 899 މީހުންގެ ވޯޓާއެކުގަ އެވެ.
އެމްޓީޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައދާގެ ގޮތުގައި ލިބިފައިވަނީ 1.2 މިލިއަން ޑޮލަރު (ގާތްގަޑަކަށް 19.1 މިލިއަން ރުފިޔާ) އެވެ. އެމްޓީޑީސީގެ ޚަރަދާއި އާމްދަނީ ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިރޭ ވިދާޅުވީ، 11 އަހަރަށް ފަހު ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ހިންގުން ބައްޓަން ކުރާނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިއްސާގެ ފައިދާ ބަހަން ކަމަށެވެ.
"މި ކުންފުނީގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިންގުން ރަނގަޅުކޮށް، މެދުނުކެނޑި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހޭނެ ގޮތަކަށް ވިޔަފާރި ރާވައިގެން ކުރިއަށް ގެންދިއުން،" ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީން ވަނީ މިރޭގެ އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ. އެ ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުގެ ތެރެއިން ފަސް ޑިރެކްޓަރުން ވެސް މިރޭ އިންތިޚާބުކުރި އެވެ.
- އަސާމީ ރުޝްދީ، 1،205 ވޯޓު.
- އަހުމަދު މުޖުތަބާ، 737 ވޯޓު.
- އައިޝަތު ފަޒީނާ، 763 ވޯޓު.
- އަހުމަދު ނިޔާޒު، 761 ވޯޓު.
- އިބްރާހިމް ލަތީފު، 757 ވޯޓު.
އެމްޓީޑީސީ އަށް މިވަގުތު އާމްދަނީ ލިބެނީ އަނަންތަރާ ކިހަވަށް ރިސޯޓާއި އަޔާޑާ ރިސޯޓުންނެވެ. ނަމަވެސް މި އަހުރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅުގައި ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީޑީސީގެ އޮފީހެއް އިމާރާތް ކުރުމަށް ބިމަކާއި އިތުރު ރިސޯޓުތައް ތަރައްގީ ކުރުމަށް ރަށްތައް ހޯދުމަށް ސަރުކާރާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ
އެމްޓީޑީސީގެ ހިއްސާއަކަށް60 ލާރި، ޖުމުލަ 28މިލިއަން
11 އަހަރަށް ފަހު އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަނީ
އެމްޓީޑީސީ އިން ހުޅުމާލެ 2 ގައި ސިޓީ ހޮޓަލެއް އަޅަނީ
ނުހެދި 17 އަހަރުވީ ނާގޯށީގެ އަމަލީ މަސައްކަތް ފަށަނީ
އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރި ބަހަނީ
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް
އެމްޓީޑީސީގެ ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ