11 މެއި 2023
މިދިޔަ އަހަރު އެމްޓީޑީސީ އަށް ފައިދާގެ ގޮތުގައި ލިބުނު 38.6 މިލިއަން ރުފިޔާގެ ތެރެއިން 20.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ. އެއީ ކޮންމެ ހިއްސާކަށް 60 ލާރި އެވެ.
މިދިޔަ އަހަރު އެމްޓީޑީސީ އަށް ފައިދާގެ ގޮތުގައި ލިބުނު 38.6 މިލިއަން ރުފިޔާގެ ތެރެއިން 20.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ. އެއީ ކޮންމެ ހިއްސާކަށް 60 ލާރި އެވެ.
މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ 2008 ގެ ފަހުން އެ ކުންފުންޏަށް ފައިދާވެ، ހިއްސާ ބަހަން ފެށީ މި ހަތަރު އަހަރުގެ ތެރޭގައި ކަމަށެވެ.
ވިދިިވިދިގެން ހަތަރު އަހަރު ފައިދާ ލިބި ހިއްސާދާރުންގެ މެދުގައި ފައިދާ ބެހިގެން ދިއުން ކާމިޔާބެއްގެ ގޮތުގައި ތަޒްމިލް ސިފަ ކުރެއްވި އެވެ.
ހިއްސާދާރުންގެ މެދުގައި 20 މިލިއަން ރުފިޔާ ބެހުމަށް ފާސް ކުރީ ކުންފުނީގެ ބޯޑް ބައްދަލުވުމެއްގަ އެވެ. ތަޒްމިލް ވިދާޅުވީ އަދި އެކަން ކުންފުނީގެ އޭޖީއެމަށް ހުށަހަޅައިގެން ފާސް ކުރާނެ ކަމަށެވެ.
"އޭޖީއޭމުން ފާސް ކުރުމުން ހިއްސާދާރުންގެ މެދުގައި އަޅުގަނޑުމެން އެ ފައިސާ ބަހާނީ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުން މި މަހު ފަހުކޮޅު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް
އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ
ނާގޯށި އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ
އެމްޓީޑީސީގެ އާ ލޯގޯ ތައާރަފްކޮށްފި
އެމްޓީޑީސީ އަށް 11.6 މިލިއަން ރުފިޔާގެ ފައިދާއެއް
ތަޒްމީލްގެ މަސައްކަތާއެކު، އެމްޓީޑީސީ ހިންދެމިލަނީ!
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ
އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ހަދަން ރަށެއް ހޯދަނީ
އެމްޓީޑީސީގެ ހިއްސާއަކަށް60 ލާރި، ޖުމުލަ 28މިލިއަން