Roadha Mihaaru
ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފިން: ތަޒްމީލް

ހަތަރު އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް 75 މިލިއަން ދީފިން: ތަޒްމީލް

31 މެއި 2023

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެ ކުންފުނީގެ އާމްދަނީ މިހާރަށް ވުރެ އިތުރު ކުރުމަށް ބޮޑެތި ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރިއަށް އެބަހުރި ކަމަށް މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއްސަމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި އެ ކުންފުނީގެ އާމްދަނީ މިހާރަށް ވުރެ އިތުރު ކުރުމަށް ބޮޑެތި ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރިއަށް އެބަހުރި ކަމަށް މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއްސަމަދު ރޭ ވިދާޅުވެއްޖެ އެވެ.

މެންހަޓަން ބިޒްނަސް ސްކޫލްގައި ބޭއްވި އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ތަޒްމީލް ވިދާޅުވީ، ކުންފުނީގެ އާމްދަނީ އެތައް ގުނައެއް އިތުރުކޮށް، ހިއްސާދާރުންނަށް ލިބޭ ފަައިދާ ބޮޑު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން އަލުން ފެށީ އެމްޓީޑީސީ އުފެއްދިތާ 11 އަހަރު ފަހުން މި ވެރިކަމުގަ އެވެ. އެ ކުންފުންޏަށް ފައިދާ ވާން ފެށީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

އާބަންކޯ އިން ވަނީ އަމިން އެވެނި ކައިރިން ހުޅުމާލޭގެ ސެންޓްރަލް ޕާކް ކުރިމައްޗަށް ވާ ގޮތަށް އޮތް ހުސް ޖާގައިން އެމްޓީޑީސީ އަށް 7،000 އަކަ މީޓަރުގެ ބިމެއް ދީފަ އެވެ. އެ ބިން ގަންނަން ބޭނުންވާ ފައިސާ އެއްފަހަރާ އެ ކުންފުނިން އާބަންކޯ އަށް ދައްކާފައިވާއިރު، އެ ބިމުގައި 10 ބުރީގެ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްޓީޑީސީގެ އޭޖީއެމްގައި ބައިވެރިވި ބައެއް ހިއްސާދާރުން. އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ފެށީ 11 އަހަރު ފަހުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޓީޑީސީގެ އޭޖީއެމްގައި ބައިވެރިވި ބައެއް ހިއްސާދާރުން. އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ފެށީ 11 އަހަރު ފަހުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިހާރު އިދާރީ ގޮތުން ވާން ޖެހޭ ހުރިހާ ތައްޔާރީތަކާއި އެޗްޑީސީން ހޯދަން ޖެހޭ ހުރިހާ ހުއްދަތަކާ އެކު 10 ބުރީގެ އޮފީސް ކޮމްޕްލެކްސް އަންނަ ޖުލައި މަސް ތެރޭގައި ރަސްމީކޮށް ފަށާނަން. އުންމީދަކީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާ އެ އިމާރާތް ހުޅުވައި، ވިޔަފާރި ބޭނުމަށް އޮފީސް އިމާރާތް ކުއްޔަށް ދެވޭނެ ގޮތް ވުން،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ދެ ރިސޯޓެއްގެ ކުލިންނެވެ. އެއީ އަޔާޑާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ. އެ ދެ ރަށުގެ ކުލިން މިދިޔަ އަހަރު އެ ކުންފުންޏަށް 113 މިލިއަން ރުފިޔާ ލިބުނެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ސުވާލެއް ކުރަނީ. އެކުންފުނިން ވަނީ ހިއްސާއަކަށް 60 ދާރި ބަހަން ރޭގެ ޖަލްސާގައި ނިންމާފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ސުވާލެއް ކުރަނީ. އެކުންފުނިން ވަނީ ހިއްސާއަކަށް 60 ދާރި ބަހަން ރޭގެ ޖަލްސާގައި ނިންމާފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ތަޒްމީލް ވިދާޅުވިގޮތުގައި، އާމްދަނީ އިތުރު ކުރުމަށް އެމްޓީޑީސީ އިން އަމިއްލަ އަށް ތަރައްގީކޮށް، ރިސޯޓެއް ހިންގުމަށްޓަކާއި ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ހޭދަކޮށްގެން މާލެއާ ކައިރި ސަރަހައްދަކުން 240 އެނދުގެ ރިސޯޓެއް އެމްޓީޑީސީން އަމިއްލަ އަށް ހަދާނެ ކަން ވަނީ ވަނީ މިދިޔަ ފެބްރުއަރީ މަހު އިއުލާނުކޮށްފަ އެވެ. ތަޒްމީލް ރޭ ވިދާޅުވީ، އެ ޕްރޮޖެކްޓްގެ އިދާރީ މަސައްކަތްތައް ނިންމާއި، ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަމުން އަންނަ ކަމަށެވެ.