27 ޖޫން 2019
ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ހުށަހަޅާފައިވާ ޝަކުވާ ބެލުން މަޑުޖައްސާލައި، މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކުން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަން ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް ގޮވާލައިފި އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ހުށަހަޅާފައިވާ ޝަކުވާ ބެލުން މަޑުޖައްސާލައި، މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކުން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަން ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް ގޮވާލައިފި އެވެ.
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީ ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރުން އޮތީ އެ މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
ސިސިލްފަރުން މިއަދު ނެރުނު ބަޔާނުގައި ބުނީ ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ކައިރިވަމުން އަންނައިރު އެކަމުގެ ތައްޔާރީތައް ލަސްވާން އެ ކުންފުނިން ނޭދޭ ކަމަށެވެ. އަދި ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މިނާ ގްރޫޕަށް ހައްޖުގެ ކަންކަމާ ގުޅޭ ޕޯޓަލްގެ ޚިދުމަތް އިސްލާމިކް މިނިސްޓްރީން ދީފައި ނުވާތީ، އެ ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް ހައްޖަށް ނުދެވިދާނެތީ ކަންބޮޑުވާ ކަމަށް ވެސް ސިސިލްފަރުން ބުންޏެވެ.
އެ ބަޔާނުގައިވަނީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އެބަހުރި ކަމަށް އޭސީސީން ބުނެފައި ވިޔަސް. ސިސިލްފަރުން މިނިސްޓްރީ އަށް ހުށަހެޅި ޝަކުވާ ހައްޖު މޫސުން ނިމެންދެން މަޑުޖައްސާލަނީ ހައްޖުގެ ތެރޭގައި "އުރެދުމެއް އަދި އަރާރުމެއް ނެތް" ކަމަށް ﷲ ވަހީކުރައްވާފައި ވާތީ އާއި ހައްޖަށް އައުމަށް ގޮވައިލުމަށް ރަސޫލާ ހަދީސްކުރައްވާފައި ވާތީ އެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށް ސިސިލްފަރުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އަންނަ އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުން އިންސާފުވެރި އުސޫލަކުން ގެންދިއުމަށާއި މިފަހަރު އެ ހުއްދަ ނުލިބުނު ކުންފުނިތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ހައްޖު ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެދިއްޖެ
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ
ސިސިލްފަރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފަށައިފި
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި
ހައްޖުގެ އަޅުކަމަށް ފުރޭތީ ހިނިތުންވެފައި
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!