24 ޖޫން 2019
މި ފަހުން ޖަލެއްގައި އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. މާފުށީ ޖަލުގެ ގޮޅިތަކުގައި ތިބި ގައިދީން ގޯތި ތެރެއަށް ދޫކޮށްލުމާ އެކު، ޖަލުގައި ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ތަން އަންދާލި އެވެ. ޖަލުގެ ފެން ޕްލާންޓާއި ޖަނަރޭޓަރުތަކާއި އިމާރާތަށް ދިން ގެއްލުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ އަށް އެރި އެވެ.
މި ފަހުން ޖަލެއްގައި އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. މާފުށީ ޖަލުގެ ގޮޅިތަކުގައި ތިބި ގައިދީން ގޯތި ތެރެއަށް ދޫކޮށްލުމާ އެކު، ޖަލުގައި ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ތަން އަންދާލި އެވެ. ޖަލުގެ ފެން ޕްލާންޓާއި ޖަނަރޭޓަރުތަކާއި އިމާރާތަށް ދިން ގެއްލުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ އަށް އެރި އެވެ.
ޖަލުގެ ބައެއް އޮފިސަރުން ބުނާ ގޮތުގައި ދެ ވަނަ ފަހަރަށް މި ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ގައިދީންނަށް ފިޔަވަޅު އެޅޭނެ މާ ބޮޑު ބާރެއް އޮފިސަރުންނަކަށް ނެތެވެ. ފަހަރެއްގައި ފިޔަވަޅު އަޅައިގެން ގައިދީއަކަށް ގެއްލުމެއް ވެއްޖެ ނަމަ އޮފިސަރުންގެ ދިފާއުގައި ވާހަކަ ދައްކާނެ ބަޔަކު ނޫޅޭތީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އަނެއްކާވެސް އޮފިސަރުންގެ މި ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ސަރުކާރާއި ގައިދީންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑުވާ މައްސަލައަކީ ގައިދީންނަށް އަނިޔާކުރުމެވެ.
މާފުށީ ޖަލު: ދޭތެރެ ދޭތެރެއިން ގައިދީންނަށް އަނިޔާކުރުމުގެ މައްސަލަ ފެންމަތިވޭ -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގައި ހިނގި ހަމަނުޖެހުމުގައި އެންމެ ފުރަތަމަ އޮފިސަރަށް ހަމަލާ ދިނީ ގައިދީއެކެވެ. އެއީ އާދައިގެ ތުހުމަތެއްގައި ހުރި މީހެއް ވެސް ނޫނެވެ. މީހެއްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް، އެހެން ގޮޅިއަކުން ގެނެސްދޭން އޮފިސަރު ދެކޮޅު ހެދުމުން އޮފިސަރަށް ހަމަލާދިނީ ދަގަނޑުބުރިއަކުންނެވެ. އެއާ އެކު، އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ އެތަނުގައި ތިބި ހަ ގައިދީންނަށް އަނިޔާކުރި އިރު، ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި އޮފިސަރުން ވަނީ ކަމާ ނުބެހޭ އެހެން ގޮޅިއަކަށް ވެސް ވަދެ، ގައިދީންނަށް އަނިޔާކޮށްފަ އެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް އިސް ޒިންމާއެއްގެ ގޮތުގައި ނަންގަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ޝަކުވާ އަކީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެ އޮފިސަރުން ކޮށްފައި އޮތުމާއި އަނިޔާ ލިބުނު ގައިދީންނަށް ފަރުވާ ނުދީ ލަސްކުރުމެވެ.
ޖަލުގެ މި ހަމަނުޖެހުން ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ގައިދީންނާ މެދު އެގޮތަށް އަމަލްކުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި އެއީ ލާއިންސާނީ އަނިޔާއެކެ"ވެ. ގަދަކަމުން ބޯ ބޭލުމާއި ޖިސްމާނީ އަދި ނަފްސާނީ އެކިވަރުގެ އަނިޔާ ދިނުން އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.
އެކަމަކު އަނެއްކޮޅުން ޖަލުގެ އޮފިސަރުންގެ ކަންބޮޑުވުން ވެސް ކުޑައެއް ނޫނެވެ. ގިނަ ދުވަސް ވީ އޮފިސަރެއްގެ ޝަކުވާއަކީ މިއީ އެވެ؛ ކުށްވެރިންނާ މެދު އަމަލު ކުރާއިރު ގާނޫނުތަކާއި ގަވައިދުތަކަށް ބޯޯ ލަނބަން ހާދަ ގިނަ ބަޔަކު ހަނދާންކޮށްދެ އެވެ. އެކަމަކު އޮފިސަރުންނާ މެދު އެ ގަވައިދުތަކާ އެއްގޮތަށް ކަން ކަމެއް ނުހިނގަ އެވެ. ޖަލުގެ ކަންކަން ބެލެހެއްޓުމާއި ރައްކާތެރިކަމުގެ ގޮތުން ގާނޫނާއި ގަވައިދުން ލާޒިމްކުރާ ކިތަންމެ ކަމެއް ފުރިހަމަނުވެ އެބަ ހުއްޓެވެ.
މާލޭ ޖަލުގެ ބޭރުގައި އޮފިސަރަކު މަޑުކޮށްލައިގެން: ހިމާޔަތް ބޭނުންވޭ --ފޮޓޯ-ނިޝާން އަލީ/މިހާރު
މިސާލެއްގެ ގޮތުން އޭނާ ނެގީ ގޮޅިތަކަށް އޮފިސަރުން ވަންނައިރު ދެ މީހަކު ދިޔުމަށް ގަވައިދުގައި ކަނޑައަޅާފައި އޮތުމެވެ. ކޮންމެ ބަންދު މީހަކަށް ދެ އޮފިސަރުން ކަނޑައަޅާފައި އޮތް ނަމަވެސް، ގޮޅިއަށް ވަންނަން ވެސް އަދި ޝަރީއަތްތަކަށް ގައިދީން ގޮވައިގެން މާލެ އަންނަން ވެސް ދާން ޖެހެނީ ގިނަ ފަހަރަށް އެކަންޏެވެ.
"މިއީ ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބޭ މީހުން. އެ ކަހަލަ ހައެއްކަ ކުށްވެރިން ގޮވައިގެން އެންމެ އޮފިސަރަކު މާލެ އަންނައިރު އޭނާގެ ސަލާމަތާ މެދު އެއްވެސް މީހަކު ނުވިސްނާ،" އެ އޮފިސަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހަމަނުޖެހުންތަކާ ގުޅިގެން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުންޏަސް އެގޮތަށް ކަނޑައެޅީ ވެސް ގަވައިދުގައި ބުނާ ހަމައިގެ ތެރެއަކުން ނޫނެވެ.
ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މީހުންގެ ތެރޭގައި މަރުގެ މައްސަލައެއްގައި ހިމެނޭ ދެ މީހަކު ހިމެނެ އެވެ. އެއީ 2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ދެ މީހުންނެވެ.
ބުރާސްފަތިދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން، އަދަބެއްގެ ގޮތުން ޖަލުގެ އޮފިސަރުން ވަނީ އެ މީހުންގެ ބޯ ތުނިކޮށް ކޮށާލައިފަ އެވެ. އަދި އެކަމާ ގުޅިގެން އެ މީހުންގެ ބަންދަށް ލުޔެއް ދޭން ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ.
މާލޭ ޖަލުގެ އެނެކްސް 1: ކުށްވެރިންގެ ފަރާތުން އޮފިސަރުންނަށް ނުރައްކާ ކުރިމަތިވޭ --ފޮޓޯ/ކަރެކްޝަންސް
އޭނާ ބުނިގޮތުގައި އޮފިސަރުން ގޮޅިތަކަށް ވަންނައިރު، އެމީހުންގެ ގަޔަށް ފެނާއި ނަޖިސް ޖެހުމަކީ އާއްމު ކަމެކެވެ. ނަމަވެސް އޮފިސަރުންނަށް އަންގާފައި އޮންނަނީ އެފަދަ ކަމެއް ހިނގައިފި ނަމަ އަނބުރާ ދިޔުމަށެވެ. ފިޔަވަޅެއް އަޅައިފި ނަމަ ގައިދީންގެ ފަރާތުން އެއަށް ވުރެ ބޮޑު ގޯނާއެއް ކުރިމަތިވެދާނެތީ އެވެ.
"ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ގައިދީންގެ އަތުގައި ހުރޭ. ދަތް އުނގުޅާ ބުރުސް ފަދަ އެއްޗެހި ތޫނުކޮށްގެން، އެއިން އެބަ ބިރު ދައްކާ. ސަތޭކައަށް ވުރެ ގިނަ މީހުން ބައެއް ގޮޅިތަކުގައި ތިބޭއިރު ކުށްވެރިން ގުނައި ފާސްކުރަން މި ދަނީ އެންމެ މީހެއް،" އޭނާ ބުންޏެވެ.
"ގިނަ ފަހަރަށް އޭނާ ހުންނަނީ ގައިދީން ކަމެއް ކޮށްފާނެތީ ބިިރުން. އެހާ ވެސް އޭނާގެ ރައްކާތެރިކަން ކުޑަ."
ޖަލުތަކުގެ ގޮޅިތައް ސާފުކުރުމުގެ އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން ހިންގާއިރު، ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭނެ ގިނަ އެއްޗެހި ހޯދަ އެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ގޮޅިތައް ފާސް ކުރި އިރު، ގޮޅިއަކުން ނައްޓާލާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައިފައިވާ އެއް ކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ވަނީ ފެނިފަ އެވެ.
މާފުށީ ޖަލުގެ އޮފިސަރުން ޖަލުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަނީ
"މިހާރު"އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ބުނާ ގޮތުން ޖަލުގައި ކުށްވެރިންގެ ބާރު ގަދަ އެވެ. އޮފިސަރުންގެ މައްޗަށް އެ މީހުން ބަސްކިޔަ އެވެ. ބޭނުންވާ ގޮތަށް އަމަލު ނުކޮށްފި ނަމަ، ބޭރު ތެރެއިން ވެސް އޮފިސަރުންނާ ދިމާކޮށް ބިރު ދައްކާ ހަދާ ކަމަށް ބުންޏެވެ. އެކަމަކު އެއިން ހާލަތެއްގައި ވެސް އޮފިސަރަކަށް އަނިޔާވެގެން އެ ވާހަކަ ދައްކައި ކުށްވެރި ކުރާ އަޑު ނީވޭ ކަމަށް އެމީހުން ބުނެ އެވެ.
"އަބަދުވެސް މި އިވެނީ ޖަލުގައި ހުރި ކުށްވެރިއަކަށް ކޮންމެވެސް ހައްގެއް އުނިވާ ވާހަކަ. އެކަމަކު ހަގީގަތަކީ އެ މީހުންނާ އަޅުގަނޑުމެން މި ކުރިމަތިލަނީ ފުރާނަ އަތްމައްޗަށް ލައިގެން. އެ މީހުންގެ ފަރާތުން އެއްވެސް ގޯނާއެއް ވެއްޖެ ނަމަ އެކަން ކުށްވެރިކޮށް އެއްވެސް ޖަމިއްޔާއަކުން ވާހަކަ ދައްކާ އަޑެއް ނީވޭ،" އެހެން އޮފިސަރަކު ބުންޏެވެ.
ޖަލުގައި ކުށްވެރިންނަށް އަނިޔާ ކުރާ ވާހަކަ އަކީ އާއްމު ވާހަކައެކެވެ. ގައިދީންނަށް ލާއިންސާނީ އަނިޔާ ކުރާކަމަށް، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަންތަން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް އެއީ ގައިދީންގެ ހައްގުގެ ދިފާއުގައި އޮންނަ ބަ އެވެ. ނުރައްކާތެރި ކުށްވެރިން ކޮންމެ ދުވަހަކު ބަލަހައްޓަން ތިބޭ އޮފިސަރުން ކަންބޮޑުވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގަ އެވެ. ޖަލު އެމީހުންގެ އެދުމަކީ އެމީހުންނާ މެދު ވެސް ގަވައިދާ އެއްގޮތަށް އަމަލުކޮށް، އެ ކަންބޮޑުވުންތައް އަޑުއެހުމެވެ.
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގައި އަނެއްކާ ހަމަނުޖެހުން، ފުލުހުން ތައްޔާރަށް!
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
ފައިސާ ނަގައިގެން ގައުމަށް ޣައްދާރެއް ނުވެވޭނެ:އިހުސާން
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލުން "ޖިހާދަށް": މާފުށީޖަލުގައި ހަރުކަށި އައްޑާއެއް
މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއް ހަދަނީ
އިމްރާނާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި