18 އެޕްރީލް 2022
ކ. މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއްގެ ހަދަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ކ. މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއްގެ ހަދަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާފުށީ ޖަލަށް ޔުނިޓެއް އިތުރުކުރުމަށް ހަމަޖެހިފައި ވާތީ، އެތަނުގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހަޅަން ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި މަހު 20ގެ ކުރިން އެ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރަން ޖެހެ އެވެ.
ޖަލުތަކުގެ ޖާގަ އަށް ވުރެ އިތުރަށް، އެ ތަންތަނުގައި މިހާރު ވެސް ގައިދީން ބަންދުކޮށްފައި ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.
ތަހުގީގީ މަރުހަލާގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީން ބޭތިއްބުމަށް ހަތް ތަނެއް މިހާރު ބޭނުންކުރެ އެވެ. އެއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގަމުން އަންނަ މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުއްޓާއި އަދި މާފުށީ ޖަލެވެ. މާލެ ކައިރީގައި އޮންނަ ދޫނިދޫގައި ވެސް މީހުން ބަންދުކުރާއިރު، ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ހުންނަ ސެންޓަރެއް ވެސް ބޭނުންކުރެ އެވެ.
ކަރެކްޝަންސް އިން ބުނިގޮތުގައި މާފުށީ ޖަލުގައި ތަހުގީގީ މަރުހަލާގައި މީހުން ބައިތިއްބާ ތަނުގެ ޖާގަ މިހާރު ވެސް ވަނީ ފުރިފަ އެވެ. އަދި ހުކުމް ތަންފީޒުކުރާ ގައިދީން ބައިތިއްބާ ގޮޅިތަކުގެ ޖާގައިގެ 90 ޕަސެންޓް ފުރިފައިވާ ކަމަށް ވެސް ބުންޏެވެ.
ޖަލުތައް ފުރޭތީ ޖާގަ އިތުރުކުރުމުގެ ގޮތުން، ސަރުކާރުން އަންނަނީ ކ. ކާށިދު އާއި ހދ. ނޭކުރަންދޫގައި ވެސް ޖަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ޖަލުގައި އަނިޔާކުރުން ހުއްޓުވަން ބަދަލު ގެންނަނީ
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
ބާރުގެ ބޭނުންކުރި އޮފިސަރުންނަށް ފިޔަވަޅު އަޅަން އެދެފި
ޖަލުގައި އަނެއްކާ ހަމަނުޖެހުން، ފުލުހުން ތައްޔާރަށް!
ނުރައްކާތެރި ތަކެތި ހޯދަން ޖަލު ފާސްކުރަނީ
ގައިދީން މާލެ ގެންނަން އޮފިސަރުން ދެކޮޅު ހަދައިފި!
އިތުރު ގައިދީން ދޫވި ކަން އެނގޭނީ ތަހުގީގަށް ފަހު
މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ