23 ޖޫން 2019
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތިދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި އެކި ބޭނުންތަކުގައި ގައިދީން މާލެ ގެންނަން ދެކޮޅު ހަދައިފި އެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތިދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި އެކި ބޭނުންތަކުގައި ގައިދީން މާލެ ގެންނަން ދެކޮޅު ހަދައިފި އެވެ.
ޔުނިޓު ހަތަރެއްގައި ހަމަނުޖެހުން ހިނގީ އެހެން ގޮޅިއެއްގައި ތިބި ގައިދީންތަކެއްގެ އަތުން ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އެދުމުން އެކަމަށް އޮފިސަރު އިންކާރު ކުރުމުންނެވެ. ގައިދީ އިސްވެ އޮފިސަރަށް ހަމަލާ ދިނުމާ އެކު އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ޕެޕަ ސްޕްރޭޖަހައި ގައިދީން ގައިގައި ތަޅައި އަނިޔާކުރި އެވެ. ހަ ގައިދީއަކަށް އަނިޔާވި އިރު، ބައެއް މީހުންގެ ބޯ ތުނިކޮށް ކޮށާލި އެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ޔުނިޓު ހަތަރެއްގައި ހުރި ސީސީޓީވީ ކެމެރާތައް ވެސް ވަނީ ތަޅާލައިފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އީއެސްޖީގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ އެފަދަ ހާލަތެއްގައި ޒިންމާ އުފުލަން ޖެހެނީ އޭނާ ކަމަށް ވާތީ އެވެ. އެކަމަކު، ޖަލުގައި އަނިޔާކުރީ ކޮން އޮފިސަރުންނެއް ކަމެއް އަދި ނުހޯދޭ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފަ އެވެ.
އީއެސްޖީ އޮފިސަރުން ގޮޅިތަކަށް ވަނުމަށާއި ގައިދީން މާލެ ގެންނަން ދެކޮޅު ހަދަނީ، އެނގިފައިވާ ގޮތުގައި، އެ މީހުންނަށް ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ އެވެ. ގައިދީން ބޭސްފަރުވާ އަށާއި ޝަރީއަތްތަކަށް މާލެ ގެންނަނީ ވެސް އެ އޮފިސަރުންނެވެ.
"އެ މީހުން ބޭނުމެއް ނުވޭ ގައިދީން ގޮވައިގެން މާލެ އަންނާކަށް ވެސް. މިއަދުގެ މިހާތަނަށް އެއްވެސް ގައިދީއަކު ނުގެނޭ،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
"އޮފިސަރުން ސަސްޕެންޑްކުރަންވީމަ ގަވާއިދާ އެއްގޮތަށް އަމަލުކުރާ އިރު، ގައިދީން މާލެ ގެނައުމާއި އެހެން ކަންކަމުގައި ގަވާއިދަށް އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރަނީ. މިސާލަކަށް، ގައިދީން ގޮވައިގެން މާލެ އަންނަ އިރު ދެ އޮފިސަރުން ތިބެން ޖެހޭ އިރު، އެންމެ އޮފިސަރަކު ވެސް ދާން ޖެހިދާނެ."
މިކަމާ ގުޅިގެން ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީން މާލެ ގެނައުމުގެ ކަންކަން ކުރިއަށް އެބަދާ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
.އޮފިސަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރި އިރު، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރޭ ވިދާޅުވެފައި ވަނީ ބުރާސްފަތިދުވަހު ހިނގައިދަ ކަންތައްތަކަށް ފަހު ޖަލުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މާފުށީ ޖަލުގައި 50 ގޮޅީގެ އިތުރު ޔުނިޓެއް ހަދަނީ
ބާރުގެ ބޭނުންކުރި އޮފިސަރުންނަށް ފިޔަވަޅު އަޅަން އެދެފި
ޖަލުގައި އަނިޔާކުރުން ހުއްޓުވަން ބަދަލު ގެންނަނީ
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
މާފުށީ ޖަލުގައި މާރާމާރީއެއް، އެކަކަށް އަނިޔާވެއްޖެ
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
ޖަލުގައި އަނެއްކާ ހަމަނުޖެހުން، ފުލުހުން ތައްޔާރަށް!
ނުރައްކާތެރި ތަކެތި ހޯދަން ޖަލު ފާސްކުރަނީ
ޖަލު ހަމަނުޖެހުން: މުނާޒާއި އިމްރާންގެ ވާހަކަ ތަފާތު!
އިތުރު ގައިދީން ދޫވި ކަން އެނގޭނީ ތަހުގީގަށް ފަހު