22 ޖޫން 2019
ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި، ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު 200 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދައިފި އެވެ.
ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި، ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު 200 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދައިފި އެވެ.
މިހާރުވެސް މި އަހަރު އެންމެ ބޮޑު ފެށުމެއް ލިބުނު ފިލްމުގެ ރެކޯޑް އޮތް، މި މަހުގެ 5 ގައި ރިލީޒްކުރި ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އެރީ އަންގާރަ ދުވަހު އެވެ.
ޖުމްލަ 100 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ބާރަތު" އަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ޖުމްލަ 303.72 ކްރޯޑް ރުޕީސް ލިބިފަ އެވެ.
#Bharat biz at a glance...
— taran adarsh (@taran_adarsh) June 19, 2019
Week 1: ₹ 180.05 cr [extended Week 1 of 9 days]
Week 2: ₹ 21.81 cr [till Tue]
Total: ₹ 201.86 cr
India biz.
HIT.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި މި ފިލްމުވެގެން ގޮސްފައި ވަނީ 200 ކްރޯޑް ކުލަބުން ޖާގަ ހޯދި ސަލްމާންގެ ހަ ވަނަ ފިލްމެވެ. އޭނާގެ އަތުގައި އިންޑިއާ އިން 300 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ތިން ފިލްމު ވެސް އެބަ އޮތެވެ.
#Bharat scores double century at the BO... Crosses ₹ 200 cr mark... Is best in North, although biz has slowed down in other circuits... [Week 2] Fri 4.30 cr, Sat 6.37 cr, Sun 6.19 cr, Mon 2.63 cr, Tue 2.32 cr. Total: ₹ 201.86 cr. India biz.
— taran adarsh (@taran_adarsh) June 19, 2019
އަދި ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމުތައް އެންމެ ގިނަ އެކްޓަރެވެ. އެ އަދަދު 14 އަށް އަރަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި "ބާރަތު" ގެ ވިޔަފާރި ކުރިއަށްދާ ގޮތަށް ބަލާ އިރު އެ ފިލްމު 300 ކްރޯޑް ހަމަކުރުން ވެސް ގާތެވެ.
މި ފިލްމަކީ ސަލްމާނާއި ކެޓްރީނާގެ ޖޯޑު އެކީގައި ފެނިގެންދާ ފިލްމެކެވެ. އަދި "ބާރަތު" އަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު
ހަތަރު ދުވަހުން "ބާރަތު" އަށް 100 ކްރޯޑް
"ބާރަތު" އަށް އުންމީދު ބޮޑު
ސަލްމާންގެ "ޓައިގާ 3" ދައްކާލައިފި
ޓައިގާ 3 އަކީ ކުޅުނު އެންމެ އުނދަގޫ ފިލްމު: ކެޓް
ޓައިގާގައި ދައްކާނީ ޕަތާން އާއި ވޯގެ ފަސް
ސަލްމާނާއި ކެޓްރީނާގެ "ޓައިގާ 3" ފަސްކޮށްފި
"ޓައިގާ 3" ގެ ޓީޒާ ނެރެފި، ފިލްމު އަންނަ އަހަރު
ސަލްމާނާއި ސަމަންތާ ކަމެއްތަ؟
ކައިވެންޏަށްފަހު ކެޓްރީނާގެ ފުރަތަމަ ފިލްމު ފަށައިފި