03 ސެޕްޓެމްބަރ 2023
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
"ޓައިގާ 3"ގެ ފުރަތަމަ ޕޯސްޓަރު މި ނެރުނީ އަންނަ ބުރާސްފަތި ދުވަހު އެ ފިލްމުގެ ޓްރެއިލާ ނެރެން ތައްޔާރުވަމުން އަންނަނިކޮށެވެ. އެ ޕޯސްޓަރުގައި ފެންނަނީ ސަލްމާން އާއި ކެޓްރީނާ ބަޑި ހިފައިގެން ތިބޭ ތަނެވެ.
މި ފިލްމަކީ ވެސް ޔަޝް ރާޖު ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ. އިއްޔެ އާންމުކުރި ޕޯސްޓަރުން ވެސް އެކަން އެނގެ އެވެ.
ސަލްމާން އާއި ކެޓްރީނާއާ އެކު، މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ. އަދި ހާއްސަ ފެނިލުމަކުން، ޕަތާންގެ ރޯލުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ކަހަލަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާގެ މަސައްކަތެކެވެ.
"ޓައިގާ 3" ސިނަމާތަކުގައި އަޅުވާނީ އަންނަ ނޮވެމްބަރު މަހުގެ 10 އިން ފެށިގެންނެވެ.
"ޓައިގާ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2012 ވަނަ އަހަރެވެ. އަދި ދެވަނަ ފިލްމު ގެނެސްދިނީ 2017 ވަނަ އަހަރެވެ. އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު
ކައިވެންޏަށްފަހު "ޓައިގާ 3" ނިންމަން ކެޓްރީނާ ދަނީ
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާނާއި ކެޓްރީނާ ތުރުކީގެ ޓޫރިޒަމް މިނިސްޓަރާ އެކު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ ފިލްމުގައި އެސިސްޓެންޓަކަށް ކޮއްކޮގެ ދަރިފުޅު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" އަށް ރަޝިއާގައި
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް