14 ނޮވެމްބަރ 2023
މިދިޔަ އާދިއްތަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ ސްޕައި ފިލްމު "ޓައިގާ 3" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެކަނި ވެސް 11 މިލިއަން ޑޮލަރު (94 ކްރޯޑް ރުޕީސް)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ ސްޕައި ފިލްމު "ޓައިގާ 3" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެކަނި ވެސް 11 މިލިއަން ޑޮލަރު (94 ކްރޯޑް ރުޕީސް)ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ މީގެ ކުރިން ދުވަހަކު ވެސް ބޮލީވުޑްގެ ފިލްމަކަށް ފުރަތަމަ ދުވަހު ނުލިބޭ ވަރުގެ ބޮޑު އާމްދަނީއެކެވެ. އެއީ އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން ފުރަތަމަ ދުވަހު ލިބުނު ހަ މިލިއަން ޑޮލަރާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ސިނަމާތަކުގައި ދައްކައިގެން ލިބުނު ފަސް މިލިއަން ޑޮލަރާ އެކު މުޅި ޖުމްލަ 11 މިލިއަން ޑޮލަރެވެ.
މި ފިލްމަކީ މިހާރު ސަލްމާންގެ ކެރިއަރުގައި ވެސް އޭނާ އަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އެ ލިސްޓުގެ ދެވަނަގައި މިހާރު އޮތީ 2019 ވަނަ އަހަރު ގެނެސްދިން އޭނާގެ ފިލްމު "ބާރަތު" އެވެ.
ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގައި ހިމެނޭ މި ފިލްމުގައި ދައްކަނީ "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ ޝާހްރުކް ހާންގެ "ޕަތާން" އާއި ރިތިކް ރޯޝަންގެ "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ.
މި ފިލްމުގައި ހާއްސަ ފެނިލުންތަކުން ޝާހު އާއި ރިތިކް ވެސް ފެނެ އެވެ.
ސަލްމާން އާއި ކެޓްރީނާއާ އެކު، މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ކަހަލަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.
ކައިވެންޏަށްފަހު "ޓައިގާ 3" ނިންމަން ކެޓްރީނާ ދަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ ފިލްމުގައި އެސިސްޓެންޓަކަށް ކޮއްކޮގެ ދަރިފުޅު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" އަށް ރަޝިއާގައި
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ސަލްމާންގެ "ޓައިގާ 3" ރަޝިއާގައި ވެސް ޝޫޓްކުރާނެ
ސަލްމާންގެ "ޓައިގާ 3" ގެ ވިލަންއަކަށް އިމްރާން
ސަލްމާންގެ "ޓައިގާ 3" ދައްކާލައިފި
ޓައިގާގައި ދައްކާނީ ޕަތާން އާއި ވޯގެ ފަސް