Roadha Mihaaru
ސަލްމާންގެ ފިލްމުގައި އެސިސްޓެންޓަކަށް ކޮއްކޮގެ ދަރިފުޅު

"ޓައިގާ 3" ގެ އެސިސްޓެންޓް ޑައިރެކްޓަރަކަށް ސަލްމާނަށް ބޮޑުބޭބެ ކިޔާ 21 އަހަރުގެ ޒުވާނެއް

30 އޯގަސްޓް 2021

ސަލްމާން ޚާންގެ ފިލްމު "ޓައިގާ 3" ގެ ޝޫޓިން މި ވަގުތު ރަޝިއާގައި ކުރިއަށްދާ އިރު، މީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ކޮއްކޮ ސުހައިލް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ނިރުވާން ޚާން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާންގެ ފިލްމު "ޓައިގާ 3" ގެ ޝޫޓިން މި ވަގުތު ރަޝިއާގައި ކުރިއަށްދާ އިރު، މީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ކޮއްކޮ ސުހައިލް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ނިރުވާން ޚާން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ހަފުތާގައި ފިލްމުގެ ސެޓުން ލީކްވި ފޮޓޯތަކުގައި ވެސް ކާސްޓާއި ކްރޫއާ އެކު ނިރުވާން، 21، ފެނެ އެވެ. އަދި ސަލްމާންގެ އިންސްޓަގްރާމްގައި ރަޝިއާ ދަތުރުގެ ތެރެއިން ނިރުވާނާ އެކު ނަގާފައިވާ ފޮޓޯއެއް ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މީޑިއާތަކުން ބުނީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޓައިގާ 3" ގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު މުމްބާއީގައި ފެށި އިރު، ނިރުވާން އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. ކެޓްރީނާ ކައިފާއި އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލުތަކެއް ކުޅޭ "ޓައިގާ 3" އަކީ މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ސްޕައި އެކްޝަން ތުރިލާއެކެވެ.

އޭނާ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ފޭން" އާއި ރަންވީރު ސިންގްގެ "ބޭންޑް ބާޖާ ބާރާތު" ފާހަގަކޮށްލެވެ އެވެ.

ބޮޑުބޭބެ ސަލްމާންގެ "ޓައިގާ 3" ގައި ނިރުވާން އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އޭނާ ވެސް ރަސްމީކޮށް ފިލްމީ މަސައްކަތަށް ނުކުތުމުގެ ފެށުން ކަމަށް ގަބޫލުކުރެވެ އެވެ.

ނިރުވާންގެ ބައްޕަ ސުހައިލް، 50، އަކީ ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ފެންނަ އެކްޓަރަކަށް ވިޔަސް އޭނާ ބޮޑަށް ޝައުގުވެރިކަން ދެނީ ޑައިރެކްޝަނެވެ. ސުހައިލް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާނާއި ބޭބެ އަރުބާޒް ޚާންގެ ޕިޔާރު ކިޔާ ތޯ ޑަރުނާ ކިޔާ (1998) އާއި ހެލޯ ބްރަދާ (1999) އަދި ޖޭ ހޯ (2014) ހިމެނެ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ފްރީކީ އަލީ" އެވެ.

ނިރުވާންގެ އިތުރުން ސުހައިލްގެ ދެން ހުންނަނީ ޔޯހަން ޚާން، 10، ކިޔާ ކުއްޖެކެވެ.