11 ޖެނުއަރީ 2022
ސަލްމާން ޚާން އަނެއްކާ ވެސް ބަތަލާއަކާ ލޯބީގެ ގޮތުން ގުޅިއްޖެ ކަމުގެ އަޑުތަކެއް ގަދަވާން ފަށައިފި އެވެ.
ސަލްމާން ޚާން އަނެއްކާ ވެސް ބަތަލާއަކާ ލޯބީގެ ގޮތުން ގުޅިއްޖެ ކަމުގެ އަޑުތަކެއް ގަދަވާން ފަށައިފި އެވެ.
އެކަމަކު މި ފަހަރު އޭނާއާ އަޅުވާކިޔަނީ އިންޑިއާގެ ބަތަލާއެއް ނޫނެވެ. މިއީ މިދިޔަ މަހު މުމްބާއީ އަށް ދަތުރެއް ކުރި ހޮލީވުޑްގެ ބަތަލާ/މޮޑެލް ސަމަންތާ ލޮކްވުޑް، 38، އެވެ. އޭނާ އިންޑިއާ އަށް ކުރި ދަތުރުގައި ރިތިކް ރޯޝަނާ އެކީގައި ނަގާފައިވާ ފޮޓޯ އާއި މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އެކީގައި ވެސް ނަގާފައިވާ ފޮޓޯތަކެއް އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
އެކަމަކު ސަމަންތާގެ ވާހަކަ މިހާރު އިންޑިއާގެ މީޑިއާތަކުގައި ދެކެވެނީ ސަލްމާނާ ހާއްސަ ގުޅުމެއް އޮތް ކަމަށް ބުނެ އެވެ.
މި ވާހަކަތައް ދެކެވެން ފެށީ މިދިޔަ މަހުގެ 27 ގައި ފާހަގަކުރި ސަލްމާންގެ 56 ވަނަ އުފަން ދުވަހުގެ ޕާޓީގައި ވެސް ސަމަންތާ ބައިވެރިވެފައި ވާތީ އެވެ. ސަލްމާންގެ ޕޭންވޭލް ފާމްހައުސްގައި ބޭއްވި ޕާޓީގައި ސަލްމާނާއި އަދި ޕާޓީ އަށް ދިޔަ އެހެން ބައެއް މީހުންނާ އެކު ސަމަންތާ ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އާންމުވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުން ފެންނަނީ ފޮޓޯ ނަގަން އެތުރިގެން ތިބޭ އިރު ވެސް، ސަލްމާނާ ގާތުގައި ސަމަންތާ ހުންނަ ތަނެވެ.
އެހެންވެ މީޑިއާތަކުން މިކަން މިހާރު ސިފަކުރަނީ ސަލްމާންގެ އަނެއްކާ ވެސް "ލޯބީގެ އާ ފެށުމެއް" ގެ ގޮތުގަ އެވެ. އޭނާ އެންމެ ފަހުން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ކެޓްރީނާ ކައިފް މިދިޔަ މަހު ވަނީ އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކޮށްފަ އެވެ. އެހެންވެ މި ދަނޑިވަޅުގައި ސަލްމާންގެ "ލޯބީ ކޮންމެ ވެސް ވާހަކައެއް" އޮތުން ވެސް މީޑިއާތަކަށް މުހިއްމުވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކެޓްރީނާއާ އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައި ފަހުން ސަލްމާން ރުމޭނިއާ ސެލެބްރިޓީއެއް ކަމަށްވާ އޫލިއާ ވަންތޫރުގެ ވާހަކަ ވެސް ވަރަށް ގަދަ އަށް ދެކެވުނެވެ. އޫލިއާ އަކީ މިހާރު ސަލްމާނާއި އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ގިނައިން އިންޑިއާގައި އުޅޭ މީހެކެވެ. ނަމަވެސް ސަލްމާނާއި އޫލިއާ ދެމެދު އޮތް ގުޅުމަކީ ކޮބައި ކަމެއް މިހާތަނަށް ވެސް އޮތީ ސާފުނުވެފަ އެވެ.
އެކަމަކު ސަމަންތާ މިހާރު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސަލްމާނާ އަޅުވާ ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
"ރިތިކާ ބައްދަލުވެ، އޭނައާ އަކީ ނެގި ފޮޓޯތަކެއް އަހަރެން ޕޯސްޓް ވެސް ކުރިން. އެކަމަކު އެކަމާ ގުޅުވައިގެން އަޑުތަކެއް ނާރުވާ. ދެން ނޭނގޭ ސަލްމާންގެ ޕާޓީގައި ބައިވެރިވީމަ އަހަންނާއި ސަލްމާނާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދައްކަން ޖެހޭ ސަބަބެއް،" ސަމަންތާ ބުންޏެވެ.
"ކަމަކާ ނުލައި ވެސް މީހުން ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް. އެހެންވެ ސަލްމާނާއި އަހަންނާ ބެހޭ ގޮތުން ވެސް ދައްކަނި ހަމަ އެފަދަ ވާހަކަތަކެއް."
އޭނާ ބުނީ ސަލްމާނަކީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދިމާވެ، ގާތް ކަމެއް އޮތް ތަރިއެއް ކަމަށެވެެ. އަދި އިންޑިއާގައި ސަލްމާން ނޫނީ މާ ބޮޑަށް ދަންނަ މީހަކު ނެތް ކަމަށް ވެސް ބުންޏެވެ.
"އަހަރެން ސަލްމާން ދަންނަނީ ވެސް ސެލެބްރުޓީއެއްގެ ގޮތުގައި. އަނެއްކާ އޭނާ އަކީ ވަރަށް ނައިސް މީހެއް. އިންޑިއާ އަށް ކުރި ދަތުރާ ސަލްމާންގެ އުފަން ދުވަހާ ވެސް ދިމާވީމަ ފާމް ހައުސްގައި އޮތް ޕާޓީގައި ބައިވެރިވާން ފުރުސަތު ލިބުނީ،" ސަމަންތާ ބުންޏެވެ.
"ދެން މިއަކު ނެތް ހަދަހަދައިެގން ދައްކަން ޖެހޭ އިތުރު ވާހަކަތަކެއް."
އޭނާ ބުނި ގޮތުގައި މި ފަހަރުގެ އިންޑިއާ ދަތުރުގައި ގިނަ ފިލްމީ ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ ވެސް ދިމާވި އެވެ. އެހެންވެ މިހާރު ދަންނަ މީހުން ގިނަވާނެ ކަމަށް ބުންޏެވެ.
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 7-12 އަށް
ކައިވެނީގެ ސުވާލަށް 15 އަހަރުވެއްޖެ: ކެޓްރީނާ
ވަރަށް އަވަހަށް އެންގޭޖްވާނަން: ވިކީ
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
"ދޫމް 4" އަށް އަކްޝޭ ކުމާރު؟
ލޯބިވެރިންނަށް ދޯކާދިން ކަމަށް ރަންބީރު އެއްބަސްވެއްޖެ
މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން
ސޮނާކްޝީ އާއި ޒަހީރަކީ "ބެސްޓް ފްރެންޑްސް"
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް