ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމަށް ބުނާތީ އެ ވާހަކަ ދޮގުކޮށް، ފާއިތުވި 15 އަހަރުގެ ތެރޭގައި އެންމެ ގިނައިން ކުރިމަރިވާ ސުވާލަކީ ވެސް ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން ކުރާ ސުވާލު ކަމަށް ކެޓްރީނާ ބުނެފި އެވެ.
31 އޮކްޓޯބަރ 2021
ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމަށް ބުނާތީ އެ ވާހަކަ ދޮގުކޮށް، ފާއިތުވި 15 އަހަރުގެ ތެރޭގައި އެންމެ ގިނައިން ކުރިމަރިވާ ސުވާލަކީ ވެސް ކައިވެނި ކުރާނެ އިރަކާ ބެހޭ ގޮތުން ކުރާ ސުވާލު ކަމަށް ކެޓްރީނާ ބުނެފި އެވެ.
ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި 37 އަހަރުގެ ބަތަލާ ބުނީ ކައިވެންޏަކާ ދޭތެރޭ ވިސްނާނެ ވަގުތެއް މި ވަގުތު ނެތް ކަމަށެވެ. ސަބަބަކީ ފިލްމީ މަސައްކަތުގައި ބިޒީކޮށް އުޅޭތީ އެވެ. ކެޓްރީނާ މިހާރު އަންނަނީ އެންމެ ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާން ޚާނާ އެކު "ޓައިގާ 3" ގެ މަސައްކަތް ކުރަމުންނެވެ.
އަންނަ މަހުގެ 5 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ގެ ބަތަލާ ބުނި ގޮތުގައި އޭނާގެ ކައިވެންޏާ ބެހޭ ގޮތުން މީޑިއާތަކުން ކޮންމެ ދުވަހަކު އެކި ކަހަލަ ވާހަކަތައް ފަތުރަމުންދާ އިރު، އެކަމާ ބެހޭ ގޮތުން ބުނާނެ ވަކި އެއްޗެއް ނެތެވެ. ސަބަބަކީ ކައިވެނީގެ ވާހަކަ އަކީ ކޮންމެ ދުވަހަކުހެން ކުރިމަތިލާން ޖެހޭ ސުވާލަކަށް ވުމެވެ.
ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ތިން އަހަރެއްހާ ދުވަސް ވިޔަސް ދެ ތަރިން އެކަމަކަށް އެއްބަހެއް ނުވެ އެވެ. އަދި ދާދިފަހުން އެންގޭޖްވި އަޑުތަކެއް އެރުމުން ވިކީ ވަނީ ކުރިން އެކަން ދޮގުކޮށް، އޭނާގެ އެންގޭޖްމަންޓެއް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފަ އެވެ.
މީޑިއާތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި ކެޓްރީނާ އާއި ވިކީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކައިވެނި ކުރަން ތައްޔާރުވާތީ ހަފުލާއާ ގުޅުން ހުރި ބައެއް ކަންކަން މިހާރު ވަނީ ފައިނަލްކޮށްފަ އެވެ. އެގޮތުން ކައިވެނީގެ ހަފުލާގައި ބޭނުން ކުރާނީ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބިއަސާޖީ މުކަރްޖީގެ ފަރުމާއެއް ކަމަށާއި ކައިވެނީގެ ހަފުލާ އޮންނާނީ ރާޖަސްތާނުގެ ސަވާއީ މަދޯޕޫރްގެ 700 އަހަރުވީ ޝާހީ ގަނޑުވަރެއްގައި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.
ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ވާހަކަ އަލުން ގަދަވެފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރް ކަޕޫރް، ލޯބިވެރިޔާ އާލިއާ ބަޓާ ޑިސެމްބަރުގައި ކައިވެނި ކުރާނެ އެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފި
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 7-12 އަށް
ފަހު ދެ މަސް ބޮލީވުޑްގެ ކައިވެނީގެ ފޯރިގަނޑަކަށް
ކެޓްރީނާގެ ކައިވެނީގެ ފުޓޭޖް ހޯދަން 100 ކްރޯޑް
ކެޓްރީނާގެ ކުރިން ހަރްލީންއާ ވިކީ ރައްޓެހިވި
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟
ކެޓްރީނާގެ ކައިވެނީގެ ސެކިއުރިޓީ ސަލްމާންގެ ބޮޑީގާޑަށް
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
ރަންބީރާއި އާލިއާގެ އެންގޭޖްމަންޓް 29 ގައި؟