Roadha Mihaaru
"ޓައިގާ 3" ގެ ޓީޒާ ނެރެފި، ފިލްމު އަންނަ އަހަރު

"ޓައިގާ 3" ގެ ޓީޒާ ނެރެފި، ފިލްމު އަންނަ އަހަރު

05 މާޗް 2022

ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑް ރޯލު ކުޅޭ ޓައިގާ 3" ގެ ޓީޒާ އާންމުކޮށްފި އެވެ.

ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑް ރޯލު ކުޅޭ ޓައިގާ 3" ގެ ޓީޒާ އާންމުކޮށްފި އެވެ.

ސަލްމާން ހާން ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ފްރެންޗައިޒް "ޓައިގާ" ގެ ތިން ވަނަ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކުރިއިރު އެ ފިލްމު ނެރޭ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އޭޕްރީލް މަހުގެ 21 ގަ އެވެ.

އެ ފިލްމު ނެރޭނީ ހިންދީ، ތަމަޅަ އަދި ތެލޫގޫ ބަހުންނެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށް ނެރޭ މި ފިލްމުގައި ފެންނަނީ އިންޑިއާގެ ޖާސޫސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަލްމާން، ޕާކިސްތާނުގެ ޖާސޫސް އަންހެނަކަށް ހިތާވާ މަންޒަރުތަކެކެވެ. ޕާކިސްތާނުގެ ޖާސޫސް މީހާގެ ރޯލުން ފެންނަނީ ކެޓްރީނާ އެވެ.

އެ ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިޔައީ ތުރިކީ އާއި ރަޝިއާ އަދި އޮސްޓްރިއާގަ އެވެ. އެ ފިލްމުން އެމްރާން ހާޝިމީ ވެސް ފެންނާނެ އެވެ.

ޓައިގާ ތިނަކީ 2012 ވަނަ އަހަރު ނެރުނު އޭކް ތާ ޓައިގާގެ ބައެކެވެ. އެންމެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ބަބީރު ހާން އެވެ. އޭގެ ފަހުން 2017 ގައި ޓައިގާ ޒިންދާހޭ ނެރުނުއިރު އެ ފިލްމު ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. މި ފިލްމުގެ ތިން ބައިން ވެސް ފެންނަނީ ސަލްމާން އާއި ކެޓްރީނާ އެވެ.