Roadha Mihaaru
ޓައިގާ 3 އަކީ ކުޅުނު އެންމެ އުނދަގޫ ފިލްމު: ކެޓް

"ޓައިގާ 3" އަކީ ކުޅުނު އެންމެ އުނދަގޫ ފިލްމު: ކެޓްރީނާ

13 އޮކްޓޯބަރ 2023

"ޓައިގާ 3" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ އުނދަގޫ މަސައްކަތް ކަމަށް ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް ބުނެފި އެވެ.

"ޓައިގާ 3" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ އުނދަގޫ މަސައްކަތް ކަމަށް ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ މިއީ އޭނާ މިހާތަނަށް ކުރި އެންމެ ޗެލެންޖިން މަސައްކަތަށް ވިޔަސް، ފިލްމުގެ މަސައްކަތް ރަނގަޅަށް ދިއުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވެސް ލިބުނު ކަމަށެވެ. އަދި މިއީ އޭނާ އެންމެ ކުޅެން ބޭނުންވާ ފެންވަރުގެ ރޯލެއް ކަމަށް ވެސް ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ ބުނި ގޮތުގައި، މި ފިލްމުގައި އޭނާގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ އެވެ.

"މި ފިލްމު ބަލާ މީހުން ހައިރާންވާ ކަހަލަ ކިތައްމެ ކަމެއް ހުންނާނެ. އެހެންވެ ވަރަށް އެކްސައިޓްވެފައި މި ހުންނަނީ،" އޭނާ ބުންޏެވެ.

"ޓައިގާ 3" އަކީ ޔަޝް ރާޖު ފިލްމްސްގެ "ސްޕައި ޔުނިވާސް"ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނި ގޮތުގައި މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ.

ސަލްމާން ހާން އާއި ކެޓްރީނާއާ އެކު، މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ. އަދި ހާއްސަ ފެނިލުމަކުން، ޕަތާންގެ ރޯލުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ކަހަލަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.

"ޓައިގާ 3" ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ މަހުގެ 10 އިން ފެށިގެންނެވެ